ގައުމީ ދުވަހުގެ ޝަރަފްވެރި ހިނގާލުން މާދަމާ ހަވީރު މާލޭގައި ކުރިއަށް ގެންދާނެކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.
އެންމެންޑީއެފް އިން ވިދާޅުވިގޮތުގައި މި ހިނގާލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 4:30ގައެވެ. މިހިނގާލުން މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދެވޭނެއެވެ. އަދި އެކި ތަންތަނުގައި ލަޝްކަރު ހުއްޓައި ބޭންޑް މިއުޒިކްތައް ކުޅޭނެއެވެ.
އެގޮތުން ލަޝްކަރު ހުއްޓާނީ 4 ސަރަހައްދަކަށެވެ. އެއީ ސޯސަން މަގުގެ ދިވެހިބަހުގެ އެކަޑަމީއާ ކުރިމަތި، މަޖީދީމަގު/ ޗާންދަނީ މަގު ހަތަރު އަނގޮޅި، މަޖީދީމަގު މިލިއަން ބުކްޝޮފް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމައްޗެވެ. މީގެއިތުރުން މި ހިނގާލުން ފެށުމަށް ހަމަޖެހިފައި ވަނީ ބަންޑާރަކޮށި ކުރިމަތިންނެވެ. އަދި މި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮއްޓަށެވެ.
ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހަކީ ދިވެހިން އެންމެ ފަހުރުވެރިކަމާއެކު ފާހަގަ ކުރާ އެއްދުވަސް ކަމުގައިވާ ގައުމީ ދުވަހެވެ. މި އަހަރުގެ މި ދުވަސް ދިމާވެފައި ވަނީ މި މަހުގެ 24 ވަނަ ދުވަހާއެވެ.
ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތްދަށުގައި ދިގު މުއްދަތަކަށް އޮތުމަށް ފަހު ، އައްސުލްތާނުލް ޣާޒީ މުހަންމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންގެ މިންމެތް މަސައްކަތުން ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތްދޮށުން ސަލާމަތް ކޮށްދިން ދުވަހަކީ ރަބީއުލްއައްވަލް މަހުގެ އެއް ވަނަ ދުވަހެވެ. މި ބަތަލުންގެ ހަދާން އާކޮށް، ގައުމީ ރޫހު ޒުވާންކުދިންގެ ހިތްތަކުގައި އާލާކުރުމަށްޓަކައި މިފަދަ ހިނގާލުމެއް ބޭއްވުމަކީ ވަރަށް މުހިތްމުކަމެކެވެ.

ގުޅުންހުރި
ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު، އުތީމަށް
ތިން އަހަރުން ސިފައިންނާއި ފުލުހުންގެ ބޭސްފަރުވާއަށް 727 މިލިއަން ރުފިޔާ ހޭދަކޮށްފި
މާފުށީ ކައިރިއަށް ޑައިވިނަށް ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ
މާލެ ސަރަހައްދުގެ 4 ތަނެއްގައި 3 ދުވަސް ވަންދެން ކުލަގަދަކޮށް އީދު
ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި
މާލެ ދަތުރު ކުރަމުންދިޔަ ހޮޅުދޫ ބޯޓުގައި ރޯވެ އަނދައިފި