އޮކްޓޯބަރ 13, 2025

ވެރިކަން ނިމެންދެން ޔާމީން ދިޔައީ ވިލާއަށް އަނިޔާވެރިވަމުން: ގާސިމް

ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެންބަރު، ގާސިމް އިބްރާހީމް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި، ޔާމީންގެ ވެރިކަމުގައި ވިލާ ކުންފުންޏަށް އަދި އެމަނިކުފާނަށް އަނިޔާވެރިވެ، މުދާ ފޭރިގަތް ކަމަށް ވިދާޅުވެއްޖެއެވެ.

މިކަން ހާމަ ކުރެއްވީ ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ދޫކޮށްލަން ވިލާ ކުންފުނިން ނިންމުމާ ގުޅިގެންނެވެ.

އިކޮނޮމިކް ކައުންސިލުގެ ހުށަހެޅުމަކަށް އެއްބަސްވެ، ވިލާ ކުންފުންޏާ 50 އަހަރަށް ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް މި ސަރުކާރާ އަނބުރާ ހަވާލުކުރަން ނިންމުމާ ގުޅިގެން ރައީސް ޔާމީން ފާޑުވިދާޅުވެފައި ވެއެވެ. އެއާޕޯޓް ސަރުކާރާ އަނބުރާ ހަވާލުކުރަން ހުށަހެޅުނީ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ނުވަތަ ޓެކްސް އިން ލުޔެކެވެ.

ގާސިމް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މި ފަހުން ބޭއްވި ޖަލްސާއެއްގައި ކާޑެއްދޫ އެއާޕޯޓާ ގުޅުވައި ޔާމީން ވާހަކަ ދެއްކެވީ ކަމުގެ ހަގީގަތް އާންމުންނަށް އޮޅުވާލުމުގެ ގޮތުން ކަމަށެވެ. ގާސިމްގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ، ޔާމީންގެ ވެރިކަމުގައި ވިލާ ކުންފުންޏާއި ގާސިމަށް ވެސް އަނިޔާވެރިވެ، ގާނޫނީ އިމުން ބޭރުން މުދާ ފޭރިގަނެފައިވާ ކަމަށެވެ. ހާއްސަކޮށް، ކާޑެއްދޫ އެއާޕޯޓް ވިލާ ކުންފުނިން އަތުލުމުގައި ވެސް ޔާމީން އިހްތިޔާރުކުރީ ގަދަބާރާއި އަނިޔާވެރިކަން ކަމަށް ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.

ކާޑެއްދޫ އެއާޕޯޓް ސަރުކާރާ ހަވާލުކުރަން ނިންމި ނިންމުމާ ގުޅިގެން ގާސިމް ވިދާޅުވީ، 1993 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވި އެ އެއާޕޯޓް އޭރުގެ ސަރުކާރުން ހިންގަމުން ދިޔައީ ގެއްލުމުގައި ކަމަށެވެ. އެކަމަށް ހައްލު ހޯދުމުގެ ގޮތުން 2013 ވަނަ އަހަރު، ރީޖަނަލް އެއާޕޯޓެއްގެ ގޮތުގައި 50 އަހަރަށް ހިންގުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ޓެންޑާއެއްގައި ވިލާ ކުންފުނިން ބައިވެރިވެ، އެ ފުރުސަތު ކާމިޔާބުކުރީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އެއަށްފަހު އެއާޕޯޓް ހިންގަމުން އައީ ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކާ އެއްގޮތަށް އޮޕަރޭޝަން ކުރިއަށް ގެންދާ ގޮތަށް ކަމަށް ވެސް ގާސިމްގެ ބަޔާނުގައިވެއެވެ.

ކާޑެއްދޫ އެއާޕޯޓުގެ މައްސަލައިގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ވިލާއާ އެއްކޮޅަށް ހުކުމްކޮށްފައިވާ ކަމަށާއި، އެއާޕޯޓް އަލުން ވިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. މީގެ ކުރިން ޔާމީންގެ ސަރުކާރުން ގަދަބާރުން އެއާޕޯޓް ނަގާފައިވަނީ، ވިލާއިން އެތަނަށް ބޮޑެތި އިންވެސްޓްމެންޓްތައް ކޮށްފައިވަނިކޮށެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ވިލާއިން ކާޑެއްދޫ އެއާޕޯޓް ހިންގަން ފެށިއިރު ރާއްޖޭގެ ސިވިލް އޭވިއޭޝަން މިންގަނޑުގައި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް އެއާޕޯޓަށް އަލަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ރަށުގެ ކަރަންޓު ޖަނަރޭޓަރާއި އެއާފީލްޑް އާއި އާންމު އޭރިއާ ވަކިކުރާ ފެންސާއި އެއާޕޯޓުގެ އިދާރީ ހިންގުމުގެ ސާމާނާއި ފަޔާ ޓެންޑާ އާއި އެމްބިއުލާންސް ފަދަ އެތައް ހިދުމަތެއް އެތަނުގައި ވަނީ ގާއިމުކޮށްފައެވެ. މިކަންކަން ކުރެވުނީ އެއާޕޯޓުގެ ހިދުމަތް ރަނގަޅުކޮށް، ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ ގޮތުންނެވެ.

އެހެންނަމަވެސް، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ރާއްޖެއިން ބޭރުގެ ޕާޓްނަރަކާ އެކު ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓަކަށް ބަދަލުކުރުމަށްޓަކައި 150 މިލިއަން ޑޮލަރުގެ ޕްލޭނެއްކޮށް، ސަރުކާރާ އެކު އެއާޕޯޓް ކުއްޔަށް ދޭ މުއްދަތު 99 އަހަރަށް ބަދަލުކުރަން ހުށަހެޅުނެވެ. ނަމަވެސް، ގާސިމް ވިދާޅުވީ، އެއާޕޯޓް ސިވިލް އޭވިއޭޝަނުގެ މިންގަނޑަށް ނުފެތޭ ކަމަށް ވިދާޅުވެ ޔާމީން އެކި ބަހަނާތައް ދެއްކެވުމަށް ފަހު، އަދުލުވެރި ބަދަލެއް ނެތި، 2017 ވަނަ އަހަރު ފުލުހުން މެދުވެރިކޮށް އެތަން ސަރުކާރަށް ނަގާފައި ކަމަށެވެ.

މިކަމާ ގުޅިގެން ވިލާ ގްރޫޕުން 2018 ވަނަ އަހަރު މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ. އެ ހުކުމުން އެނގޭ ގޮތުގައި، އަދުލުވެރި ބަދަލެއް ނެތި ވިލާއާ އެކު އެއްބަސްވުން އުވާލައި، ގަދަބާރުން އެ ކޮންޓްރެކްޓް ހުއްޓުވީއެވެ.

ސިވިލް ކޯޓުގެ މި ހުކުމަށް ހައި ކޯޓާއި ސްޕްރީމް ކޯޓުން ވެސް 2022 ވަނަ އަހަރު ތާއީދުކުރެއްވުމާ ގުޅިގެން، ކާޑެއްދޫ އެއާޕޯޓް ހިންގުން އަލުން ވިލާ ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ.

އެކަމަކު، މި ފަހުން ހެދި އެއްބަސްވުމުގައި ވަނީ ވިލާ އިން އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަތް އަހަރުގެ ތެރޭގައި ބަދަލުކޮށްފި ނަމަ، އެއްބަސްވުމުގެ މުއްދަތު 50 އަހަރުން 99 އަހަރަށް ބަދަލުކުރާނެ ކަމަށެވެ. އަދި 2030 ވަނަ އަހަރުގެ ނިޔަލަށް އެއާޕޯޓް ބައިނަލްއަގްވާމީ އެއާޕޯޓަކަށް ބަދަލުނުކުރެވިއްޖެނަމަ، އެއްބަސްވުމުގެ މުއްދަތު އިތުރުނުވާނެ ކަމަށް ވަނީ ހަމަޖައްސާފައެވެ. މިގޮތުން، ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކުރުމުގެ ބޮޑު މަސްއޫލިއްޔަތެއް މިހާރު ވެސް ވިލާ ގްރޫޕްގެ ބޮލުގައި އެޅިފައިވެއެވެ.

ބަޔާނުގައި ގާސިމް އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި:

އެއާޕޯޓު ސަރުކާރަށް ނެގުމުގެ އިތުރުން މީރާއަށް ވިލާއިން ދައްކަންޖެހޭ 199 މިލިއަން ޑޮލަރުގެ ޓެކްސް ހުރި ކަމަށް ކުރީގެ ރައީސް ޔާމީންގެ އޯޑަރަކަށް ނިންމި ކަމަށް ގާސިމް ވަނީ ތުހުމަތު ކުރައްވާފައެވެ.

ރައީސް ޔާމީން، ވިލާގެ އެއާޕޯޓް އަތުލައި ދައުވާ އުފުލުމުން، ވިލާގެ ހުއްދަތައް ކެންސަލްކޮށް، އިންޕޯޓް ލައިސަންސް ބާތިލުކޮށް، ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އެތައް ހާސް މުވައްޒަފުންނަށް މަހު މުސާރަ ނުދެވުމުގެ އިތުރުން، ފަތުރުވެރިންނަށްވެސް ހިދުމަތް ނުދެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމެންދެން ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ހިތްދަތި ވޭން ވިލާ ކުންފުންޏަށް ތަހައްމަލުކުރަން ޖެހުނު ކަމަށް ގާސިމް ވިދާޅުވިއެވެ.

ވިލާ އާއި ގާސިމްއާ މެދު ރައީސް ޔާމީންގެ ހިތުގައި އޮންނަ ”ގިލަންވެރި އަދި ހަސަދަވެރިކަމަށް ލުއިކަމެއް“ ހޯދުމަށް ރައްޔިތުންގެ ކުރިމަތީގައި ގާސިމްގެ އަގު ވައްޓާލަން އެތައް ފަހަރަކު މަސައްކަތްކުރި ކަމަށްވެސް އޭނާ ބަޔާނުގައި ބުނެފައިވެއެވެ.

އައިސީޔޫގައި އެނދުމަތިކޮށްފައިވަނިކޮށް، ރޭގަނޑެއްގައި ކްރިމިނަލް ކޯޓު ހުޅުވައި، ގާސިމްއަށް ގާނޫނުއަސާސީއާ ހިލާފު ހުކުމެއް ކުރުމަކީ ކޮންމެ ކަމެއްވެސް ކޮށްފާނެކަން އެނގޭ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ގާސިމްގެ ދަރިފުޅު ސިޔާދު ގާސިމް، އެއްވެސް ހެއްކެއް ނެތި ފަސް މަސް ދުވަހު ޖަލަށްލާފައިވާކަން ވެސް އޭނާގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

                    

10 Comments

  • Zahira Hasan އޯގަސްޓް 24, 2025

    Mulhidhaulan nudhinimaei aniyaverivun?

  • Sha Riie އޯގަސްޓް 24, 2025

    Aan RY eh nuganeveyne, boleh nukeveyne..? E ee..ehen Raeesunnaa thafaathuvaa kamakee..?
    Gasim viyas,Maumoon viyas…gaanoon aai hilaaf kameh koffiyyaa nurekeveyne….?

  • Sha Riie އޯގަސްޓް 24, 2025

    Mi Gasimen hedhi aa gaanoon asaasee ge dhashu mi vanee ves mi meehun..???
    Sarukaarah dhakan jehey Tax faisaa nudhekki Anna komme Raees akah sanaakiyaa katuvaalanee..?
    RY ge verikanuga. Ekan kan nuveema mi rulhi annanee..? Hehe.😜

  • Mohamed Ibrahim އޯގަސްޓް 24, 2025

    Kalo thiya dhanee mulhi umuru Muazzafuna aniyaa verivamu dhen keekey kiyaaka

  • Shabana Sha Baā އޯގަސްޓް 24, 2025

    Lol, beybe beynunvi hurihaa kameh nuveema dho amireh nerunee ey bunee😂

  • Asifa Rakin އޯގަސްޓް 24, 2025

    Saharo

  • Juway Hamyd އޯގަސްޓް 25, 2025

    Beynunhaa ehcheh hadhan dhookoh nuleema kiyanee aniya eyyy😃 Q akee eyraku verikamuha hunna meehaa ge bandu there ah vadhe hithuhuri gothakah beynunvaa kan kan kuramun gendhaa beyfulheh ..RY goas v beynun vaahaa kameh kuran furusathu nudhineema

  • Mariyam Ali އޯގަސްޓް 26, 2025

    އެހެންވެތާ ޔާމީނުގާތު ހުރެގެން އުފަލުން ތިވަރަށް ތިހެނީ ބަލަ ގާސިމު ތީ ކާކުކަން އެންމެނަށް އިގެޔޭ

  • Abdulla Soodh އޯގަސްޓް 27, 2025

    Thi kunfuni dhaulathah nunegi kan ragalhu,

  • Faizaan Fuzoon އޯގަސްޓް 30, 2025

    Abadhuves sarukaaru lootuvaa gen thi biya company vi.
    Kurin maumoon verikamun ilyas ibrahim full support libigen sarukaaru there in nuhaggu faisaa hoadhaa gen vila thi varuvi?
    Ehenviyya dhaulathun thi mudhaa negiyes evves massala eh nu? Kaadhedhoo ves kuri evves kameh nei
    Ekamaku 18 million usd bodu adhadhun sarukaarun dheyntha mi jehunee badhalah..

Leave a Reply