ކުޑަ ކުއްޖަކަށް ވަޅިއެއް ވިއްކައިފި ނަމަ އެއްލައްކަ ރުފިޔާއަށް ޖޫރިމަނާ ކުރެވޭ، ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފިއެވެ.
ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ގާނޫނަށް މިއަދު ވަނީ އަމަލުކުރަން ފަށާފައެވެ. އެހެން ކަމުން ކުޑަކުއްޖަކަށް ވަޅި ވިއްކުން މިއަދުން ފެށިގެން މަނާވާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިދިއަ މޭމަހުގެ 15 ވަނަ ދުވަހު ފާސްކޮށްފައިވާ މި ގާނޫނުގައި ވާ ގޮތުގައި ކުޑަކުއްޖަކަށް ވަޅި ވިއްކާ މީހަކު 20000 ރުފިޔާއާއު 1 ލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރި މަނާ ކުރެވޭނެ އެވެ. މި ގާނޫން ރައީސް ތަސްދީދު ކޮށްފައި ވަނީ ހަމަ އެމަހުގެ 25 ވަނަ ދުވަހުގައެވެ.
މި ބިލުގައި ބުނެފައިވާ ގޮތުގައި މި ގާނޫނުގެ ބޭނުމަކީ ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތަށް ކުށުގެ ގޮތުގައި ކަނޑައެޅޭ އަމަލުތަކަށް އަދަބު ކަނޑައެޅުމާއި، އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ގޮތެއްގެ މަތިން ފިޔަވަޅު އެޅުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ހާއްސަ ބާރުތަކެއް ދިނުމާއި، ކުށްކުރާ ފަރާތްތައް ކުށުގެ ވެށިން ރައްކާތެރިކޮށް، ހެޔޮގޮތުގައި މުޖުތަމައުއަށް ރުޖޫއަވުމަށް މަގުފަހިކޮށްދިނުމަށް ހާއްސަ ފިޔަވަޅުތައް އެޅުމުގެ އުސޫލުތައް ކަނޑައެޅުމެވެ.
މި ބިލުގައި ޖޫރިމަނާގެ އިތުރުން 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލައްލުން ވެސް ހިމެނެއެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި