އޯގަސްޓް 26, 2025

ހދ. އަތޮޅު ޓޫރިޒަމް ފައްކާ އަތޮޅަކަށް ހެދުމުގެ މަސައްކަތް ފަށައިފިން: ރައީސް

ރާއްޖޭގައި ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި ހދ. އަތޮޅު ލޭބަލްވެފައި އޮތުން ކަނޑުވާލައި، ލޯކަލް ޓޫރިޒަމާ އެކު އިގްތިސާދީ ފުރުސަތުތައް ފަހި އަތޮޅަކަށް ހެދުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ނައިވާދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އަތޮޅުގައި ޓޫރިޒަމް ކުރިއަރުވަން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން، އަތޮޅުގެ ރަށްރަށް ލޯކަލް ޓޫރިޒަމަށް ހުޅުވާލައި، އަތޮޅުގައި ޓޫރިޒަމް ފުޅާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

”މިއީ މިހާތަނަށް މި އަތޮޅުގައި ނުވެފައި އޮތް ކަމެއް. އެއްވެސް ބަޔަކަށް ޓޫރިޒަމް މި އަތޮޅުގައި ހިނގާނެ ގޮތެއް ނުހެދޭ. އަޅުގަނޑުމެން މިހާރު ވާނީ ވަރަށް މުހިއްމު ފިޔަވަޅުތަކެއް މިކަމަށް އަޅާފައި،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހދ. އަތޮޅުގެ ނާގޯށި ތަރައްގީ ކުރުމަށްޓަކައި މިހާރު އެމްޓީޑީސީއަށް މަގުތަކެއް ފަހިކޮށްދީ އެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ. ނާގޯށީގެ މައްސަލައަކީ ހައްލު ނުވެ، ވަރަށް ދުވަސްވެފައި އޮތް މައްސަލައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

”އެހެން ނަމަވެސް އަޅުގަނޑުމެން މިހާރު މިވަނީ މިކަން [ނާގޯށި] ހިނގާނެ ގޮތް މަގުފަހިކޮށްދީފައި. އެކަން އިރާދަކުރެއްވިއްޔާ ވަރަށް ބާރު ސްޕީޑުގައި ކުރިއަށް ދާނެ،“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގެ މަގުސަދަކީ ހދ. އަތޮޅުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެބޭފުޅުންގެ ކަންބޮޑުވުންތަކާއި އެދުންތައް އައްސަވައި، ސަރުކާރުގެ ތަރައްގީގެ އެޖެންޑާ އަންގަވައި، އަތޮޅަށް ޓޫރިޒަމް ތައާރަފްކޮށް އިގްތިސާދީ ކުރިއެރުން ގެނައުމެވެ.

2 Comments

  • މީއާ ސް އޯގަސްޓް 25, 2025

    Holhi Dr Mohamed Muizzu allah ahtaka thi buhuthaan dhogu hedhun huhtaalan v nun ??

  • Muhammadh Rixwi އޯގަސްޓް 25, 2025

    Mawa Axu mabunee balaala dheeebala hedhi resort in room eh libidhaanetho 😂😂😂😂😂

Leave a Reply