ހުޅުމާލެ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ އޮތް ސަރަހައްދުން މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑު އޮތީ ކުނިވެ ފުޅައަޅާފައިކަން އެނގިއްޖެ އެވެ.
އެ މީހާގެ ހަށިގަނޑު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފެށީ އިއްޔެ އިރުއޮއްސުނު ފަހުންނެވެ. ’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި އެ މީހާގެ ހަށިގަނޑު އޮތީ ކާކުކަން ދެނެނުގަނެވޭ ވަރަށް ކުނިވެ، ފުޅަ އަޅައިފަ އެވެ.
ފުލުހުން މިއަދު ބުނީ، މަރުވެފައި އޮއްވައި ފެނުނީ ފިރިހެނެއްކަން ޔަގީން ކުރެވިފައިވާ ކަމަށާއި އެ މީހާއަކީ ކާކުކަން އަދި ކަށަވަރު ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެއީ 21 އޮގަސްޓް 2025 އިން ފެށިގެން ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާ ކަމަށް ބެލެވިދާނެ ބައެއް ކަންކަން ތަހުގީގަށް މިހާތަނަށް ހޯދިފައިވާ ކަމަށް ބުންޏެވެ.
’ހަފްތާ‘ އަށް އިތުރަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ފުލުހުން ބުނާ ގޮތަށް 21 އޮގަސްޓް އިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ނޭޕާލް ރައްޔިތެއް ކަމަށްވާ ރޫޕަން، 29އ. އެވެ. އޭނާއަކީ ރާއްޖޭގެ ކުންފުންޏެއްގައި އިލެކްޓްރިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ މީހެއްކަންވެސް މި ނޫހަށް މައުލޫމާތު ލިބިފައިވެ އެވެ.
އޭނާގެ ހަށިގަނޑު އެ ސަރަހައްދުގައި އޮތީ ކީއްވެ ކަމެއް އަދި ފުލުހުން ނުބުނެ އެވެ. ބައެއް މަސްދަރުތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑު ފެނުނުއިރު ކަރުގައި ވާގަނޑެއް އޮތެވެ. ނަމަވެސް އެކަން އަދި މި ނޫހަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.




ގުޅުންހުރި
ޝަމާހުގެ މައްސަލައެއް އޭސީސީން ބަލަނީ
ކަނޑުއޮތްގިރިން ބޮޑު ކަންނެލި ގަންނަން ފަށައިފި
ރައްޔިތުން ނުކުތީ ދިރިއުޅުމުގެ އަގު އިންތިހާއަށް ދިއުމުން، ތިބެންވާނީ އެ މީހުންނާއެކު:
މަގާމަށް އައްޔަން ކުރިތާ 4 މަސް، ސްޓެލްކޯގެ އެމްޑީ ޝަމާހު ވަކިކޮށްފި
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!