ކުރީގެ ނައިބް ރައީސް އަހްމަދު އަދީބު ހިންގަވާ މޯލްޑިވްސް ތާރޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމައިފި އެވެ.
އީސީން މިއަދު ބުނީ އެމްޓީޑީ އުވާލަން ނިންމާފައިވާތީ އެ ޕާޓީން އަދާކުރަންޖެހޭ ދަރަންޏެއްވާނަމަ، އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް، އެކަން އެ ޕާޓީއަށް ހުށަހަޅައިގެން ނިންމުމަށް ދަންނަވާ ކަމަށެވެ.
އެމްޓީޑީއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އިސްވެ ހުންނަވައި 2018 ގައި އުފައްދާފައިވާ ޕާޓީއެކެވެ.
އީސީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ޖޫން 30ގެ ނިޔަލަށް އެ ޕާޓީގައި ތިބީ 2272 މެންބަރުންނެވެ.
ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކޮށްދެނީ 3،000 މެމްބަރުން ހަމަވެގެންނެވެ.



