ކުޅުދުއްފުށީގެ ޕޯޓުން އިތުރު މުހިންމު ހިދުމަތްތަކެއް ދޭން ފަށައިފި އެވެ.
ކުޅުދުއްފުށީ ޕޯޓުން މިހާރު ދޭ ހިދުމަތްތައް ފުޅާކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެގޮތުން އެ ހިދުމަތްތައް ގާއިމުކުރުމަށް 19 މެއި 2025 ގައި އިކޮނޮމިކް މިނިސްޓްރީ އާއި އެމްޕީއެލްއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ގާއިމުކުރި ހިދުމަތްތައް އިފުތިތާހު ކޮށްދެއްވުމަށް މިއަދު ހަވީރު ކުޅުދުއްފުށީ ޕޯޓު ސަރަހައްދުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް މުއިއްޒެވެ.
ރަސްމިއްޔާތުގައި ކުޅުދުއްފުށީ ޕޯޓުން ދޭން ފެށި އިތުރު ހިދުމަތްތައް އިފުތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ކުޅުދުއްފުށީ ޕޯޓުގައި މިއަދު ތައާރަފުކުރި ހިދުމަތްތަކުގެ ތެރޭގައި:
- ކާބޯތަކެތީގެ މައިގަނޑު ބާވަތްތަކާއި އެހެނިހެން ބާވަތްތައް އަދި އަސާސީ މުދާ, ޑިއުޓީ ނުދައްކާ ރައްކާކުރުމަށް ބޮންޑެޑް ސަރަހައްދެއް ހެދުން
- އުތުރުގެ ރިސޯޓްތަކަށް ހާއްސަކޮށްގެން ބޮންޑެޑް ވެއާހައުސްތަކެއް ހެދުން
- ޑޮމެސްޓިކް ވިޔަފާރިވެރިންނަށް މުދާ ބޭލުމަށް ހާއްސަ ސަރަހައްދެއް ހެދުން
- ހިލަ އަދި ހިލަވެލި ފަދަ ބާވަތްތައް ބަލްކުކޮށް ރައްކާކުރުމަށް ސަރަހައްދެއް ހެދުން
އެމްޕީއެލް އިން ބުނީ, މި ހިދުމަތްތަކުގެ ސަބަބުން ވިޔަފާރިތަކުން މުދާ އެއްތަނުން އަނެއް ތަނަށް އުފުލުމަށް ކުރަންޖެހޭ ހޭދަ ދަށްވެ, ބާޒާރުގެ އަތުތައް ހަމައަކަށް އެޅުމަށް މަގުފަހިވެ, އުތުރުގެ އަތޮޅުތަކުގެ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މުދާ ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް ތަރައްގީކުރުމަށާއި އިގުތިސާދީ ވިލުންތެރިކަން އިތުރުކުރުމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ތަސައްވުރަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެމްޕީއެލް އިން ބުންޏެވެ.
އެ ކުންފުނިން ބުނީ, ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތްނުގައި ޑިމާންޑް އުފެދޭ މިންވަރަށް ބަލައި, ބޮންޑެޑް ސްޓޯރޭޖުގެ ހިދުމަތްތައް ފުޅާކުރުމަށް ކުޅުދުއްފުށީ ޕޯޓަށް މިހާރު ހަމަޖައްސާފައިވާ ބިމުގެ ސަރަހައްދު ފުޅާކޮށް އިތުރަށް ތަރައްގީކުރުން ކަމަށެވެ.




ގުޅުންހުރި
ސްޓެލްކޯގެ ހިދުމަތްތަކާމެދު ދެކެނީ ކިހިނެތް؟ ރަނގަޅުކޮށްލަން ކަމެއް އޮތްނަމަ ހިއްސާކޮށްލާ
އެސްޓީއޯއަށް 61 އަހަރު: ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު!
ނިޔާމަ ޗުއްޓީއަކަށް ޓްރެވަލް ތަކާފުލް: ދަތުރުމަތީގައި ދިމާވެދާނެ ކުއްލި ހާލަތްތަކަށް މުހިންމު
އަމިއްލަ ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ރޯދައިގެ ކުރިން ފައިސާ ދައްކައި ނިންމޭތޯ
ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް ފަށަން ކަނޑު އުޅަނދުތައް ނަގަން އަންގައިފި
އިންވެސްޓްމަންޓްގެ ފުރުސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން ސައުދީގެ ވަފުދެއް ރާއްޖެއަށް