މީޑިއާތަކާއި ނޫސްވެރިން އުލުބައިންދަން ނުވަތަ އަނިޔާވެރިކޮށް މަރުގެ އަދަބު ދޭން ސަރުކާރު ހިންގާ ޕީއެންސީގެ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ގޮވާލުމުން އެކަމަށް މައާފަށް އެދެން ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ގޮވާލައިފި އެވެ.
މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“. އަށް. ބަހުސް ކުރައްވަމުން ފަލާހު ވަނީ ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
”… މި ލެވެލުގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން [ލާންވީ]، އުލުބައިންދަންވަނީ. އުލުބައިންދަންވީ،“ ފަލާހު ވިދާޅުވި އެވެ.
ދިވެހި ރަދީފުގައި ބުނެފައިވާ ގޮތުން އުލުބޭންދުމަކީ އިހު ޒަމާނުގައި މީހުން މަރަން ގެންގުޅުނު ލާއިންސާނީ އުކުޅެކެވެ. އުލުބައިންދާއިރު ތޫނުކޮށްފައި ހުންނަ ދަގަނޑު އުލެއްގައި މަރާލަން ބޭނުންވާ މީހާ ބައިންދާ ފުރަގަސް ފަރާތުން އޫ ހަރާލުމަށްފަހު ބޮލުން ދަގަނޑު ނެރެނީ އެވެ.
އެ ވާހަކަތަކާ ގުޅިގެން އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، ފަލާހުގެ އެ ވާހަކަތަކަކީ ނޫސްވެރިންނާއި މީޑިއާތަކަށް ބިރު ދައްކައި އިންޒާރުދީ އެ މީހުންގެ މައްޗަށް އަނިޔާވެރިވުމަށް ހިތްވަރު ދީ ދެއްކި ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް ބުންޏެވެ.
”މަޖިލީހުގެ ތަޅުމުގައި ފާޅުކަން ބޮޑުގޮތެއްގައި ބައެއްގެ މައްޗަށް އަނިޔާވެރިވުމަށް އޭނާ ގޮވާލައްވާފައި ވާތީ ވެރިކަންކުރާ ޕީއެންސީން އޭނާއާ މެދު އަހުލާގީ ފިޔަވަޅު އެޅުމަށް މި ޖަމްއިއްޔާއިން ގޮވާލަމެވެ. އަދި އާންމުކޮށް އެނގޭނެހެން އެވާހަކަތަކާ މެދު އޭނާ މައާފަށް އެދުމަށް ވެސް މި ޖަމްއިއްޔާއިން އިލްތިމާސްކުރަމެވެ.،“ އެމްޖޭއޭގެ ބަޔާނުގައި ގޮވާލި އެވެ.




ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް: