މީޑިއާތައް ރެގިއުލޭޓްކުރުމުގެ ނަމުގައި އާ ކޮމިޝަނެއް ހަދަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްވެގެން އަންނަ އިރު ރައީސް އައްޔަންކުރައްވާ މެންބަރަކު އެ ކޮމިޝަނުގައި އިންނަވަން ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅު ނުވާ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އަބްދުﷲ ހަލީލު މިއަދު ވިދާޅުވެއްޖެ އެވެ.
މީޑިއާ ފެންޑާގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ހަލީލް ވިދާޅުވީ މީޑިއާތައް ކޮންޓްރޯލްކޮށް ނޫނީ މީޑިއާތަކަށް ނުފޫޒު ފޯރުވަން ސަރުކާރުން ބޭނުންނުވާނެ ކަމަށެވެ.
ނޫސްވެރިކަން ރެގިއުލޭޓް ކުރުމާ އެކު، ބޮޑެތި ފިޔަވަޅުތަކެއް އެޅުމުގެ ގާނޫނީ ބާރު ލިބިދޭ ގޮތަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު މަޖިލިހާށް ހުށަހެޅުއްވި ބިލުގައިވާ ގޮތުން، ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ މީޑިއާ ކޮމިޝަނަށް މަޖިލީހުގެ ރުހުމާ އެކު، ތިން މެމްބަރުން އައްޔަންކުރުމުގެ ބާރު ލިބެނީ ރައީސަށެވެ. ނަމަވެސް ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. ކޮމިޝަންގެ ރައީސަކު ކަނޑައަޅުއްވަނީ އެ ބިލުގައިވާ ގޮތުން ރައީސެވެ.
ހަލީލު މިއަދު ވިދާޅުވީ އެ ބިލުގައި ބުނެފައިވާ ކޮމިޝަނުގެ ރައީސްގެ އިތުރުން ތިން މެމްބަރުން އައްޔަންކުރައްވަން ވެސް ރައީސް ބޭނުންފުޅު ނުވާ ކަމަށެވެ.
”ނޫން، ނޫން، މެމްބަރުން އައްޔަންކުރުމުގައި ވެސް ރައީސްގެ އެއްވެސް ރޯލެއް ބާއްވާކަށް ރައީސް ބޭނުންފުޅެއް ނުވޭ،“ ޚަލީލް ވިދާޅުވި އެވެ.
ސަރުކާރުގެ ސްޓޭންޑަކީ އެއީ ކަމަށްވާ ނަމަ، އެ ބިލު އަނބުރާ ގެންދާނެތޯ ނޫސްވެރިން ވަނީ ސުވާލުކޮށްފަ އެވެ.
”ސަރުކާރުގެ ސްޓޭންޑް އަޅުގަނޑު އިރުކޮޅެއް ކުރިން ދަންނަވައިފިން. އަނބުރާ ގެންދިއުމާއި ނުގެންދިއުމާ ގުޅޭ ގޮތުން އަޅުގަނޑު މި ވަގުތު އެއްވެސް ކޮމެންޓެއް ކުރާކަށް ނެތިން. ހަލީލު ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
އަޅުގަނޑުގެ މޭޔަރުކަމަށްފަހު މާލެ ސިޓީ ކައުންސިލަށް މަސައްކަތެއް ކުރެވިފައެއް ނެތް: ރައީސް
އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް، ގެދޮރުވެރިޔާ ފުލެޓުތަކަށް ވަދެވޭނެ: ރައީސް
އޭޕްރީލަށް ރަސްމާލެ ހިއްކައި ނިންމައިލެވޭނެ: ރައީސް
ރަސްމާލެއިން ފުރަތަމަ ދޫކުރާ 15،000 ގޯތީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10،000
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ގެދޮރުވެރިކަމުގެ ރަން ޒަމާނޭ ވިދާޅުވެ 2 ބިލިއަން ހުސްކޮށްލި އިރު، ގާބުރިއެއް