ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު ދަބަހަކާއި 400 އަށްވުރެ ގިނަ ޑޮލަރު ހޯދައި އޭގެ ވެރިފަރާތައް އެ ތަކެތި ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައަކީ ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު ދަބަހަކާއި 400 އަށްވުރެ ގިނަ ޑޮލަރު ގެއްލިފައިވާ ކަމަށް އިއްޔެ ރިޕޯޓްކުރި މައްސަލައެއް ކަމަށެވެ.
މައްސަލަ ރިޕޯޓުކުރިތާ ފަސް ގަޑިއިރުގެ ތެރޭގައި އެ ތަކެތި ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަަމަށްވެސް ފުލުހުން ބުންޏެވެ.
އެ މީހާ ދަތުރުކުރި ކާރު ހޯދާފައިވަނީ ސީސީޓީވީ ފުޓޭޖުތައް ބަލައިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން ކަމަށްވެސް ބުނެފައިވެ އެވެ.



