މެލޭޝިއާގެ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ މެލޭޝިއާ އިން ހައްޔަރުކޮށްފައި ވަނީ އަބަދުލް ބާތިން މުހަންމަދު މުސްތަފާ ނަމަކަށް ކިޔާ އުމުރުން 28 އަހަރުގެ މީހެއް ކަމަށެވެ. ނަމަވެސް މެލޭޝިއާ އިން އޭނާއާ ގުޅިގެން ތަހުގީގުކުރަނީ ކޮން މައްސަލައެއްކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން އިތުރަށް ބުނިގޮތުގައި ބާތިންއާ ގުޅޭ ގޮތުން ގެވެށިއަނިޔާގެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތުންދަނީ ބަލަމުންނެވެ.



