ސެޕްޓެމްބަރ 1, 2025

އިންޖީނަރުންގެ ހުނަރާއި ހިތްވަރާ ނުލައި މިއަދު މިދެކޭ ފަސޭހަ ދިރިއުޅުމެއް ނުލިބޭނެ: ފަހުމީ

އިންޖިނިއަރުންގެ ހުނަރާއި ހިތްވަރާ ނުލައި، މިއަދު މިދެކޭ ފަސޭހަ ދިރިއުޅުމެއް ނުލިބޭނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ފަހުމީ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ އިންޖިނޭރުންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންސާނިއްޔަތަށް ފަސޭހަ ދިރިއުޅުމެއް ގެނެސްދިނުމަށް އަގުނުކުރެވޭ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ، ހީވާގި އިންޖިނޭރުންނަށް ޝުކުރާއެކު، އިންޖިނޭރުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރާ ކަމަށެވެ.

”ހާއްސަކޮށް، ގައުމު ބިނާކޮށް ތަރައްގީގެ މަގުގައި އެއްވެސް ފަސްޖެހުމެއްނެތި، ދިގުދެމިގެންދާ ގޮތަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ސްޓެލްކޯގެ ހީވާގި އިންޖިނޭރުން ކުރައްވަމުން ގެންދަވާ އަގުނުކުރެވޭ މަސައްކަތްތަކަށް ސްޓެލްކޯގެ މުޅި އިންޖިނޭރުންގެ ޓީމަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވަން،“ ފަހުމީ ވިދާޅުވިއެވެ.

މި އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހަކީ، ގައުމީ ފެންވަރުގައި ފާހަގަކުރާ، ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް“ ކަމުގައި ރައީސް މުހައްމަދު މުއިއްޒު ހަމަޖެއްސެވީ، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.

8 Comments

  • Nasiha Moosa އޯގަސްޓް 30, 2025

    މިއީ އަދި ފައްކާ ބީތާ އެއް

  • Imran Abdul Azeez އޯގަސްޓް 30, 2025

    ކޮން ފަސޭހައެށްގެ ވާހަކަ އެއް ދައްކާ މީހެއް މީ

  • މީއާ ސް އޯގަސްޓް 30, 2025

    Varan faseyhe Aa
    Balhaanne nidhan onna gadiya balaahi kalhe fathohu current kadailia Tha

  • Mariie Mohamed އޯގަސްޓް 30, 2025

    Kihaa faseyha? Kaley dhuvaalaku ehfaharu karantu kadaalaa vihya enba..

  • Môhâmêd Ââłîf އޯގަސްޓް 31, 2025

    bohiyaa vakikamah dharin beduvagen vanne thaan ovegen nun engine ge hunaru egeynei

  • Abdul Azeez Ahmed އޯގަސްޓް 31, 2025

    Mi vagu mihaaru dhiffushin gothi ganegen guesthouse hadhan thayyaru vanee. Meena jalah vannan jeheyne

  • Raz Usman އޯގަސްޓް 31, 2025

    Ehenve mikaleyge aifahun 2 iru 2 dhalhayah karantu dhanee

  • Mohamed Nilam ސެޕްޓެމްބަރ 1, 2025

    Enme musaara Kudaee Engñeering ga massahkaith kuraa Kudhinge dhen osheytha thi kiyanee risk elevens vess nudhey

Leave a Reply