ސެޕްޓެމްބަރ 3, 2025

ސްޓެލްކޯގެ އިންޖިނިއަރުންނަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔައި ހާއްސަ ހަފުލާއެއް

އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމަށް ސްޓެލްކޯގައި މަސައްކަތް ކުރާ އިންޖިނިއަރުންނަށް ރަތް ދޫލައިގެ މަރުހަބާ އަކާއެކު ހާއްސަ ހަފުލާއެއް ބާއްވައިފި އެވެ.

އިންޖިނިއަރުން ގައުމަށް ކޮށްދެއްވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވަނީ ކޮންމެ އަހަރެއްގެ 30 އޯގަސްޓް ވަނަ ދުވަހެވެ. މި އަހަރަކީ ގައުމީ ފެންވަރުގައި ފުރަތަމަ ފަހަރަށް އިންޖިނިއަރުންގެ ދުވަހެއް ފާހަގަކުރި ފުރަތަމަ އަހަރެވެ.

އެ ދުވަސް ކުންފުނީގެ ފެންވަރުގައި ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯ އިން މިއަދު ވަނީ އެ ކުންފުނީގައި ހިދުމަތްކުރާ އިންޖިނިއަރުންގެ އަގުވަޒަންކުރުމަށް ހާއްސަ ހަފުލާއެއް ބާއްވައިފަ އެވެ. އެ ހަފުލާގައި ދުވަހާ ގުޅޭ ހާއްސަ ކޭކެއްވެސް ފަޅާފައިވެ އެވެ.

ގައުމީ ފެންވަރުގައި އިންޖިނިއަރުންގެ ދުވަހެއް ފާހަގަކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވީ، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގި އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30 ވަނަ ދުވަސް ކަމަށްވާތީ، އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ދުވަހަކީ، އެ ދުވަސް ކަމަށްވާތީއެވެ.

3 Comments

  • Haamidha Hussain އޯގަސްޓް 31, 2025

    Ismail Nishar

  • Asaara and haluwa.mv ސެޕްޓެމްބަރ 1, 2025

    Avarah Raiyyathun felaigen faisaahoadhaifi Raydhoolaige maruhabaa kiyaanehnu?

  • Madheeh Mohamed ސެޕްޓެމްބަރ 2, 2025

    Smart vakan kuran system arrange kohla dhin hurihaa engineering staffun nah raye dhoolaige maruhabaa eh kiyaifi

Leave a Reply