ސެޕްޓެމްބަރ 5, 2025

ސުޖާއުގެ ނަމުގައި 9.5 މިލިއަން ރުފިޔާގެ އަގުހުރި ބިމަކާއި 7 މިލިއަން ރުފިޔާގެ އަގުހުރި ފްލެޓެއް!

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުގެ ނަމުގައި 9.5 މިލިއަން ރުފިޔާގެ އަގުހުރި ބިމަކާއި ހަތް މިލިއަން ރުފިޔާގެ އަގުހުރި ފްލެޓެއް އޮތްކަން އޭނާގެ މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ސުޖާއު ހުށަހެޅުއްވި މާލީ ބަޔާނުގައިވާ ގޮތުން ސުޖާއު ވަނީ 2023 ވަނަ އަހަރު 7.2 މިލިއަން ރުފިޔާއަށް ހުޅުމާލެ ރެއިންފާލް ރެޒިޑެންސުން ފްލެޓެއް ގަނެފަ އެވެ. އެ ފްލެޓް ގަތް ކަމަށް ބުނެފައިވަނީ ލޯނުގެ ގޮތުގައި ލިބުނު ފައިސާއިންނެވެ.

އޭގެ ފަހުން މިދިޔަ އަހަރު ސުޖާއު ވަނީ ހުޅުމާލެއިން ބިމެއް ގަނެފަ އެވެ. އެ ބިމުގެ އަގަކީ 9.5 މިލިއަން ރުފިޔާ އެވެ. އެ ބިންވެސް ގަނެފައިވާ ކަމަށް ބުނެފައިވަނީ ލޯނުގެ ގޮތުގައި ލިބުނު ފައިސާ އިން ކަމަސް މާލީ ބަޔާނުގައި ސުޖާއު ބުނެފައިވެ އެވެ.

މީގެ އިތުރުން ސުޖާއުގެ ނަމުގައި ހުޅުމާލެއިން ރޯހައުސްއަކާއި ބާރަށުން ބިމެއްވެސް އެބަ އޮތެވެ.

އޭނާގެ މާލީ ބަޔާނުގައި ބުނެފައިވާ ގޮތުން ރޯހައުސް އަކީ އޭނާ ވަޒީފާ އަދާކުރާ ކުންފުނިން ހަދިޔާއެއްގެ ގޮތުގައި ދިން ތަނެކެވެ. 2015 ވަނަ އަހަރު ސުޖާއުގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އެ ރޯހައުސްގެ އަގަކީ ގާތްގަނޑަކަށް 3.5 މިލިއަން ރުފިޔާ ކަމަށް ބުނެފައިވެ އެވެ

ސުޖާއުގެ ނަމުގައި ބާރަށުން ރަޖިސްޓްރީ ކޮށްފައިވާ ބިމަކީ މީގެ ތިން އަހަރު ކުރިން 2022 ވަނަ އަހަރު 300،000 ރުފިޔާއަށް ގަތް ބިމެއް ކަމަށް އޭނާ ބުނެ އެވެ. އެ ބިން ގަތީ ލޯނުގެ ގޮތުގައި ހޯދި ފައިސާއިން ކަމަށްވެ އެވެ.

10 Comments

  • Adam Sharyf ސެޕްޓެމްބަރ 3, 2025

    Ras Ammaday dhiveheenge raaje ah maruhabaa Ibrahim Sunil Mohamed Faizan Ruhdhashu Faxun

  • Mary Azu ސެޕްޓެމްބަރ 3, 2025

    Kalo baarah ahjahaa

  • Ahmed Azneem ސެޕްޓެމްބަރ 3, 2025

    Alhamdhlihllah, varah rizq thanavas beyfulheh

    • Ahmed Solih ސެޕްޓެމްބަރ 3, 2025

      Ahmed Azneem hadeyaa !

  • Azeem Ali ސެޕްޓެމްބަރ 3, 2025

    Spyko Modex happy?

  • Nihaad Ali ސެޕްޓެމްބަރ 3, 2025

    Killi thalhaagen ganefa huri thanthan Adam MuneezSpazio Akoo 🤣🤣🥴

  • Mohamed Imran ސެޕްޓެމްބަރ 3, 2025

    Baarashuge adu ihvaafa miothy

  • Fathimath Binth Ibrahim ސެޕްޓެމްބަރ 3, 2025

    Mi meehun rayyithun haaluga jassafa mussandhivanee.dhen bunaane mudhala faisaa eiy Allah SW dhevva ehchekey.

  • Raz Usman ސެޕްޓެމްބަރ 4, 2025

    Shuja men veheyiru fen naganiye

  • Sham Naff Yaan ސެޕްޓެމްބަރ 4, 2025

    Kaleyney dhuniye verikan

Leave a Reply