މި އަހަރުގެ ބަޖެޓުގައި ދައުލަތުން ނަގާފައިވާ ލޯނުތައް އަދާކުރުމަށް ކަނޑައަޅާފައިވާ 3.8 ބިލިއަން ރުފިޔާ ހުސްވެ، ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ފައިސާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި އާންމުކޮށްފައިވާ އަހަރުގެ 32 ވަނަ ހަފުތާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުން، އެ ހަފުތާގެ ނިޔަލަށް ލޯނުތައް ދެއްކުމަށް ޖުމްލަ 3.9 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ ލޯނުތައް ދެއްކުމަށް ބަޖެޓު ކުރެވުނު އަދަދަށް ވުރެ 76 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
އަހަރުގެ ފަހު ކުއާޓަރުގައި ވެސް ދައުލަތުން ނަގާފައިވާ ލޯނުތަކަށް ފައިސާ ދައްކަން ޖެހޭނެއިރު، މި އަދަދުތައް ކޮންމެ އަހަރެއްގެ ވެސް ބަޖެޓު ތައްޔާރުކުރާއިރު ކުރިއާލާ އެނގިފައި ހުންނަ އަދަދުތަކެކެވެ. އެހެންކަމުން، ލޯނުތައް ދެއްކުމަށް އިތުރަށް ހަރަދުކުރަން ޖެހުނީ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ.
ލޯނުތައް ދެއްކުމަށް ކަނޑައެޅުނު ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރުމުގެ އިތުރުން، ސަރުކާރުން ހަރަދު ކުޑަކުރުމަށް ކުރި މަސައްކަތްތައް ފައިދާހުރި ގޮތެއްގައި ތަންފީޒު ނުވާތީ، އިންވެސްޓުމަންޓުގެ ގޮތުގައި ކުންފުނިތަކަށް ހަރަދު ކުރި ފައިސާ އާއި ސަބްސިޑީ ދޭން ހަރަދު ކުރި ފައިސާ ވެސް ވަނީ ބަޖެޓަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހިފަ އެވެ.
މި އަހަރު ލޯނުތަކާއި ލޯނުތަކުގެ އިންޓްރެސްޓު ދެއްކުމަށްޓަކައި ޖުމްލަ 9.4 ބިލިއަން ރުފިޔާ ވަނީ ބަޖެޓުކޮށްފަ އެވެ. ލޯނު ދެއްކުމަށް ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ފައިސާ ހަރަދު ކުރި ނަމަވެސް، ލޯނުތަކުގެ އިންޓްރެސްޓު ދެއްކުމަށާއި ފައިނޭންސިންއަށް ބަޖެޓު ކުރެވިފައިވާ ފައިސާގެ ބޮޑު ބައެއް އަދި ހަރަދުނުވާތީ، މި ބަޖެޓުން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުއްޓެވެ.




1 Comment
ގުޅުންހުރި
ޖުމުލަ ހަރަދު 34.1 ބިލިއަނަށް، ބަޖެޓު ޑެފިސިޓް ބިލިއަނަކާ ގާތަށް
މަޝްރޫއުތައް ހަވާލުކުރީ ޖުމްލަ 2.71 ބިލިއަން ރުފިޔާއަށް، ބޯހިޔާވަހިކަމަށް ބިލިއަނެއް
ސިވިލް ސާވަންޓުންގެ މުސާރައަށް ގެންނަ ބަދަލުތައް އާންމުކޮށްފި
ޕެންޝަން އޮފީހުން ސަރުކާރަށް 2 ބިލިއަން ދިނުން: ބޯޑުން ޝަރުވަޝް އިސްތިއުފާ
އިންޓަނޭޝަނަލް ފެންވަރަށް ކައްދޫ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފި، 2028 އަށް ނިންމަނީ
މިމަހު އަނބުރާ ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ދަރަނި ދެއްކުން އިންޑިއާއިން