ސެޕްޓެމްބަރ 7, 2025

މީޑިއާ މިނިވަންކަން ހަނިކުރާ ބިލަކީ ރިޔާސީ ދައުރު ދަންމާލުމުގެ ފުރަތަމަ ފިޔަވަޅު: އިމްރާން

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، މީޑިއާގެ މިނިވަންކަން ހަނިކުރެވޭނެ ކަމަށް ބެލެވޭ ބިލަކީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ދަންމާލުމުގެ ފުރަތަމަ ފިޔަވަޅު ކަމުގައި ވެދާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ، މީޑިއާގެ މިނިވަންކަމާ ގުޅޭގޮތުން ދެކެވޭ ވާހަތަކަށް އިޝާރާތް ކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

އިމްރާން ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒު އަމާޒު ހިއްޕަވާފައި އެ ހުރީ މީޑިއާތައް ހުއްޓުވުމަށްފަހު ރިޔާސީ ދައުރު ދައްމާލުމަށެވެ. މީޑިއާގެ ދައުރު ހަނިކުރުމުގެ ބިލެއް މަޖިލީހަށް ހުށަހެޅިފައިވާއިރު، މިކަމަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިމްރާން އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ކުރެއްވި ގިނަ ވަޢުދުތައް ފުއްދަވާފައިނުވާ ކަމަށާއި، ހާއްސަކޮށް ރައްޔިތުންގެ ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމުގައި ފަސްޖެހިފައިވާ ކަމަށެވެ.

އަދި، މިނެއް ނެތި ދޮގުހައްދަވަމުން ރައީސުލްޖުމްހޫރިއްޔާ އެ އުޅުއްވަނީ ރިޔާސީ ދައުރު ދައްމާލެއްވުމަށް ކަމަށް އިމްރާން ތުހުމަތު ކުރެއްވިއެވެ.

އިމްރާން މިކަން ސިފަކުރެއްވީ، ރައީސް މުއިއްޒުގެ ހީލަތްތެރި ސިޔާސަތުގެ ދަށުން ރައްޔިތުންގެ ބާރު ކަނޑުވާލުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސިލްސިލާއަށް އިތުރުވެގެންދާ ބޮޅެއްގެ ގޮތުގައެވެ.

މިކަންކަމުގައި ސިޔާސީ ޕާޓީތަކުގެ ޒިންމާ ފުރިހަމައަށް އަދާކޮށްގެން ނޫންގޮތަކަށް މި ގައުމާއި ރައްޔިތުންގެ މުސްތަގުބަލް އަނބުރާ ހޯދައި ނުގަނެވޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި މިކަމުގައި ގައުމަށް ހެޔޮއެދޭ އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީޑިއާގެ މިނިވަންކަން ހަނިކުރުމަށް ހުށަހެޅިފައިވާ ބިލަކީ، ގިނަ ބަޔަކު ދެކޭގޮތުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަށް ބުރޫއެރުވާނެ ބިލެކެވެ. މި ބިލާ ގުޅޭގޮތުން ސިޔާސީ ފަރާތްތަކުންނާއި މީޑިއާގެ ފަރާތްތަކުން ތަފާތު ރައުޔުތައް ދަނީ ފާޅުކުރަމުންނެވެ.

                    

2 Comments

  • Gandhakoalhi Shujau ސެޕްޓެމްބަރ 4, 2025

    Imraan dheenee thaaj alhaigen hure kulhemunthidhaa kulhigandu dhivehin dhanee v gaathun balamaun verikamuge dhahivethikamugai hedhi dhoguthakaai fithuna fasaadha ufehdhumahtakaa dhehkivaahaka thakaai hedhi thee kaakukan v rangalhah dhasvaane

  • Mohamed Sahaadh ސެޕްޓެމްބަރ 4, 2025

    Meena fahari eh alheyne.. buhuthaanu dhogu hadaafa raeese yaamin boluga meeheh ge maru alhuvaafa in bodu geri eh mee. Mee fahkaa munaafigeh 😝

Leave a Reply