އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ތަރައްގީކުރަން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާއެކު ދިވެހި ސަރުކާރުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ޗައިނާގެ ބެއިޖިންގެ, ވަންގްފުޖިންގް ހިލްޓަން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ, ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް އިތުރު ދުވެއްޔެއް ގެނައުމުގެ މަގުސަދުގައި ފަށާ އެ މަޝްރޫއު އާއެކު އައްޑޫގައި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްސްގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީވެގެންދާނެ ކަމަށެވެ.
އަދި އެ މަޝްރޫއުއަކީ ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް އާ ދޮރެއް ހުޅުވައިދޭނެ މުހިންމު މަސައްކަތެއް ކަމަށްވެސް ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީން އިތުރަށް ބުނީ, އެއްބަސްވުމުގެ ދަށުން އެ މަޝްރޫއުގެ ތަފްސީލީ މާސްޓަ ޕްލޭނާއި މާލީ އަދި އިގުތިސާދީ ފައިދާގެ ދިރާސާތަކުގެ އިތުރުން މަޝްރޫއު ހިންގާނެ ވިޔަފާރި މޮޑެލް އާއި ފައިނޭންސް ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

1 Comment
ގުޅުންހުރި
ތިނަދޫގެ 200 ރޯހައުސްއަށް ކުރިމަތިލާން ހުޅުވާލައިފި،
އައްޑޫގައި ފިލްމު ބަލާފަައި ނުކުމެ ހިންގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެ
ލިބުނު މައުލޫމާތަކާ ގުޅިގެން ރެހެންދި ސްކޫލަށް ފުލުހުން ވަދެއްޖެ!
ސިނގިރޭޓް އެތެރެކުރި އަދަދު އާދަޔާ ހިލާފަށް ދަށްވެއްޖެ
ނުރައްކާތެރި ކުށްތައް ކުރަން ހަތިޔާރު ޖަމާކޮށްފައި ހުއްޓާ ހޯދައި، ތިން މީހަކު
އާބާދީ ކުޑަޔަސް، ބްލޮކް ގްރާންޓުގެ ފައިސާ އިތުރުކޮށްދޭން ނިންމައިފި