މާލޭގައި ނުރައްކާތެރި ކުށްތައް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ، އެ މީހުން ހައްޔަރުކުރީ މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.
އެގޮތުން ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ބަލައި ފާސްކޮށް އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވާ ކަމަށް ބުންޏެވެ. ނަމަވެސް ފެނިފައިވަނީ ކޮން ކަހަލަ ހަތިޔާރެއް ކަމެއް ފުލުހުން ނުބުނެ އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ މއ. މޯނިންގްވިޔު/ އަހުމަދު ނަވާޒު (30އ) އާއި ހަމަ އެ ގޭ، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ/ ބަށިމާގެ، މުހައްމަދު ޝިދާދު (22އ) އެވެ. މިއީ
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ނަވާޒު 30 ދުވަހަށް، ޒައިދާން އާއި ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި އަމުރުކޮށްފައިވަނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.
ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކުރި ނަމަވެސް އެ މީހުންގެ ފޮޓޯއެއް ފުލުހުން އާންމެއް ނުކުރެ އެވެ. ކުށްތައް ކުރަން އުޅުނު ސަބަބެއްވެސް އަދި ނޭނގެ އެވެ.




ގުޅުންހުރި
ކަންތައްތަކެއް ނުކޮށްދެވުނު ނަމަ ދެވަނަ ދައުރަކަށް ވޯޓު ހޯދާކަށް ނާންނާނަން: މޭޔަރު
އުމުރުގެ ބޮޑުބައި ގައުމީ ހިދުމަތުގައި, ވަކިވެދިޔައީ ތިންވަނަ ދަރިފުޅު އުރާލުމުގެ ނަސީބު
މިއަދު ބައެއް ދިވެހީން ކަންނެތްވެއްޖެ، މަހަށް ފުރާނެ ދިވެހިން ނުލިބުމަކީ ހިތާމައެއް:
އިހުތިޖާޖުކުރި މަސްވެރިން ވަނީ އެހެން އުޅަނދުތައް ދަތުރުކުރުމަށް ހުރަސް އަޅާފައި: ފުލުހުން
މީހެއްގެ ”މަހާއި ކައްޓާ“ ކައިގެން އިންތިހާބު ކާމިޔާބުކުރާކަށް ބޭނުމެއް ނޫން: މޭޔަރު
ސިނގިރޭޓު ވައްކަން: 11 މީހަކަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި