”ގެދޮރުވެރިޔާ“ މަޝްރޫޢުގެ ދަށުން ހުޅުމާލެ 2 ގައި އިމާރާތްކުރަމުން އަންނަ ފްލެޓް ޓަވަރުތަކުގެ ތެރެއިން އެއް ޓަވަރަށް މި ހަފުތާގެ ނިޔަލަށް މީހުން ވައްދަން ފަށާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފިއެވެ.
އެފްޑީސީން ހުޅުމާލެ ފޭސް 2 ގައި 17 އާއި 18 ބުރީގެ ޖުމްލަ 32 ޓަވަރުގައި 4،000 ފްލެޓްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަޝްރޫއަކީ ރައްޔިތުންނަށް ދިރިއުޅުމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ އެއް މަޝްރޫއެވެ.
އެފްޑީސީގެ އެންމެ ފަހުގެ ހިސާބުތަކުން އެނގޭ ގޮތުގައި، މިހާތަނަށް ގާތްގަަނޑަކަށް 3،000 ފަރާތަކާ އެކު ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.
މި މީހުންނަށް ފްލެޓްތަކަށް ވަނުމުގެ ފުރުސަތު މިހާރު ދެވެން ފަށާނެ ކަމަށް ލަފާކުރެވެއެވެ.
އެ ކޯޕަރޭޝަނުން މިއަދު ބުނި ގޮތުގައި، މި ހަފްތާ ނިމެންވާއިރަށް ފުރަތަމަ ޓަވަރުގައި މީހުންނަށް އުޅެން ފެށޭވަރު ކުރުމަށްޓަކައި ބާރު ދުވެލީގައި މަސައްކަތްތައް ކުރިއަށް އެބަދެއެވެ.
ފްލެޓް އެއްބަސްވުން ހަދައި ނިމިފައިވާ ބައެއް މީހުންނަށް އިއްޔެ އެފްޑީސީން ފޮނުވި މެސެޖުގައިވާ ގޮތުން، ފްލެޓް ޙަވާލުކުރުމުގެ ކުރިން ދައްކަންޖެހޭ ސެކިއުރިޓީ ޑިޕޮސިޓް އެ ކުންފުނީގެ ޕޯޓަލް މެދުވެރިކޮށް ދެއްކުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މިއީ ފްލެޓަށް ވަނުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ މުހިންމު ކަމެކެވެ.

ގުޅުންހުރި
ގެދޮރުވެރިޔާ ފްލެޓު އެއްބަސްވުމުގައި 1،826 މީހުން ސޮއިކޮށްފި
ކުރީ ސަރުކާރުން ދިން ފުލެޓުތައް އަތުލެވޭނީ ކޯޓަށް ގޮސްގެން: ފަހި ޔޫނިއަން
ސައުދީ ފަންޑުން 385 މިލިއަން ނަގައިގެން 400 ފްލެޓް ހަދަނީ
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހު 15އަށް އިތުރުކޮށްފި
ކުރީގެ ލިސްޓުގައި ނެތް މީހެއް އާ ލިސްޓަކަށް ނުލަން، އެކަމަކު އުސޫލު
ކުރިން ނެރެފައިވާ ލިސްޓުގެ ބޭރުން 577 މީހަކަށް މި ސަރުކާރުން ފްލެޓް