ބ. ދޮންފަނު ބިން ނުހިއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވި ނިންމެވުމާ އެކު ދޮންފަނުގެ ރައްޔިތުން ނިކުމެ އެރަށުގައި މުޒާހަރާކުރަން ފަށައިފި އެވެ.
އެ ރަށު މީހުން މުޒަހަރާ ކުރަމުންދަނީ ކައުންސިލް ކައިރީގަ އެވެ.
މިއަދު ހެނދުނު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން އެ ރަށުގައި ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދަން އެގްރީމަންޓްގައި މިދިޔަ މަހު ސޮއިކުރި ނަމަވެސް މިހާރު އެ ރަށު ރައްޔިތުން ބިން ހިއްކަން ބޭމުންނުވާތީ އެ މަޝްރޫއު ކުރިއަށް ނުގެންދާނެ ކަމަށެވެ.
ނަމަވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ ރައީސް އެ ނިންމެވުން ނިންމުމުގެ ކުރިން ރަށުގެ ކައުންސިލާއި މަޝްވަރާކޮށްފައިނުވާ ކަމަށެވެ.
މުޒާހަރާގައި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން ދަނީ އެހެންވެ ކަމަށެވެ.

ގުޅުންހުރި
ކުރީގެ ރައީސުންނާއި ކުރީގެ މެންބަރުންގެ އިނާޔަތް ކުޑަކުރުމުގެ ވިސްނުން ރައީސް ހުށަހަޅުއްވައިފި
އާބާދީ ކުޑަޔަސް، ބްލޮކް ގްރާންޓުގެ ފައިސާ އިތުރުކޮށްދޭން ނިންމައިފި
އަންހެނުންގެ ކޮމިޓީތަކަށް ދޭ ބަޖެޓް ދެ ގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި
ޝީ ޖިންޕިންއާ ރައީސް ބައްދަލުކުރައްވައިފި، މަޝްވަރާކުރީ ގުޅުން ހަރުދަނާކުރަން
މީ 100 ޕަސަންޓް ޕްރޯ މީޑިއާ ސަރުކާރެއް: ރައީސް
ކޮމިޝަނުގައި ރައީސްގެ ތިން މެމްބަރުން ތިބެން ރައީސް ބޭނުންފުޅެއް ނުވޭ: ޚަލީލް