ސެޕްޓެމްބަރ 10, 2025

ޑޮކްޓަރީ ބޭހާއި މެޑިކަލް އާލާތްތައް ގަނޑުކޮށް ގަނެ ރާއްޖެ ގެންނަން ކުންފުންޏެއް އުފައްދައިފި

”ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް“ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.

ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާ އިން ރައީސަށް ލިބިދޭ ބާރުގެ ދަށުން އުފެއްދި މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ ސަރުކާރުގެ ކުންފުންޏެކެވެ.

ރައީސް އޮފީހުން ބުނީ, އެ ކުންފުނި އުފެއްދުމުގެ މަގުސަދަކީ ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސްއާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ, ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް, އެ ތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމެވެ.

2 Comments

  • Ihusaana Ali ސެޕްޓެމްބަރ 9, 2025

    ދެން މިވީގޮތުން މިހާރު ލިބޭ ބޭސް ކޮޅުވެސް ނުލިބޭގޮއް ތިވީ

  • Canadian Jud ސެޕްޓެމްބަރ 9, 2025

    Billoori tunnel hadhaa kunfunyeh nuhadhaatha

Leave a Reply