ކާމިޔާބު ދިވެހި ފިލްމް ”ކަމަނާ“ ގެ ޓީމުން މިދިޔަ އޯގަސްޓް 31 ވަނަ ދުވަހު ޕްރިމިއަރ ކޮށް ބެލުންތެރިންގެ ތަރުހީބު ބޮޑުވެފައިވާ ދިވެހި ފިލްމް ”ކަނބުލޮ“ މި ހަފްތާ ބަންދުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 56 ޝޯ އަޅުވާނެ ކަމަށް ކަނބުލޮ ފިލްމް އުފައްދާ ސެޓާން ސްޓޫޑިއޯ އިން ބުނެފިއެވެ.
މިހާރުވެސް އޮލިމްޕަހުގައި ހައުސްފުލް ޝޯތަކެއް ދައްކަމުންދާ ”ކަނބުލޮ“ ފިލްމް ޕްރިމިއަރ ކުރިފަހުން ކޮންމެ ރެއަކުވެސް ރާއްޖޭގެ އެކި ރަށްތަކުގައި ޝޯތައް އަޅުވަމުން ދާއިރު، މި ހަފްތާ ބަންދަކީ މި ފިލްމް އެކީ އެއްފަހަރާ އެންމެ ގިނަ ޝޯތަކެއް އަޅުވާނެ ދުވަސްތައް ކަމަށް އެ ސްޓޫޑިއޯ އިން މައުލޫމާތުދެއެވެ. އެގޮތުން އައްޑޫ ސިޓީ ގައި ނިމިދިޔަ ހަފްތާގައި ފިލްމް ސްކްރީން ކޮށްފައިވާތީ، އައްޑޫ ސިޓީ ފިޔަވާ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ މަދުވެގެން އެއް ރަށުގައި މި ހަފްތާ ބަންދުތެރޭ ފިލްމް ދައްކާނެ ކަމަށް ސެޓާން ސްޓޫޑިއޯ އިން ވަނީ ބުނެފައެވެ. މީގެ އިތުރުން، އަވަށްޓެރި ސްރީ ލަންކާގައިވެސް ފިލްމް ސްކްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ.
”މާލެ އާއި ސްރީލަންކާގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ހަފްތާ ބަންދުތެރޭ ފިލްމް ސްކްރީން ކުރުމަށް މިވަނީ ތައްޔާރުވެފަ. ވީކެންޑްގަ އެކަނި 56 ޝޯއަކީ މެނޭޖް ކުރަންވެސް އުނދަގޫ ކަމެއް. ކޮންމެ ރަށަކަށްވެސް އަޅުގަނޑުމެންގެ ޓީމުން މީހުން ދަތުރުކޮށް ސްކްރީން މިކުރަނީ. މިއީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އަޅުގަނޑުމެން ދެކެނީ. މިކަމުގައި ރަށްރަށުގެ އެޖެންޓުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން“ – ސެޓާރން ސްޓޫޑިއޯ
ދިވެހި ފިލްމްގެ މަގުބޫލުކަން އިތުރުވެފައިވާއިރު، މި ފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ތަޢުރީފުތަކުން ވަނީ މީސްމީޑިއާގެ އެކި މަންސަތަކުން ފުރުވާލާފައެވެ. އަދި ފިލްމްގެ ޓިކެޓްތަކަށް ޑިމާންޑް ބޮޑުވެ މާލޭގެ އޮލިމްޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާ ޝޯތަކުގެ ތެރެއިން ގިނަ ޝޯތަކެއް މިހާރު ވަނީ ހައުސްފުލްވެފައެވެ.
މުޖުތަމައުގައި ޖިންސީ އަނިޔާގެ މައްސަލަތައް ވަބާއަކަށްވެފައި އޮތް މިންވަރާއި އެކަމަށް މުޖުތަމައު ހޭލުންތެރިކުރުވާނެ މެސެޖުތަކާއި އަންހެނުންނާމެދު ކުރެވޭ ބޭއިންސާފާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ދެވޭ މެސެޖްތައް ހިމަނާފައިވާ މިފިލްމް ބެލުމަށްފަހު ބެލުންތެރިންގެ ޝުއޫރު ފާހަނގަކޮށްފައިވާ އިރު، މިފިލްމަކީ ނުބަލާ ދޫކޮށްލެވޭ ވަރުގެ ފިލްމެއް ނޫންކަމަށާއި، ރާއްޖޭގެ ހާލަތާއި ގުޅޭ، އަދި މި މުޖުތަމައުއަށް ރަނގަޅު މެސެޖެއް ދޭ ފިލްމެއްކަމަށް ގިނަބަޔަކު ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން، ފިލްމްގެ ތަރިންގެ މޮޅު ހުނަރާއި، ޕްރޮޑަކްޝަން ޓީމުގެ ބުރަ އަދި ރަނގަޅު މަސައްކަތެއް ފެނިގެންދާ ފިލްމެއް ކަމަށް، ފިލްމީ ދާއިރާ އަށް ނިސްބަތްވާ އެންމެ ފުންނާބު އުސްފަރާތްތަކުންވެސް ވަނީ ފާހަނގަ ކޮށްފައެވެ.
އޮލިމްޕަސް ޓިކެޓް ކައުންޓަރުން ފިލްމްގެ ޓިކެޓް ވިއްކަމުންދާއިރު، ރޭގަނޑު 8:30 ގެ ޝޯގެ އިތުރުން ބަންދުވަސްތަކުގެ 11:30 ގެ ޝޯތައް ހުޅުވާލާއި ޓިކެޓް ވިއްކަން ފަށައިފައިވާކަމަށް ސެޓާން ސްޓޫޑިއޯގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައިވެއެވެ.




1 Comment
ގުޅުންހުރި
ސްޓެލްކޯގެ ސްކިލްސް އެކަޑަމީގައި އެމްއެންޔޫގެ ކޯސްތައްފަށަން ތައްޔާރުވެއްޖެ
ވެލާބިސް އަޅާހެން އެއާޕޯޓުތައް އެޅުން ރިޝްވަތަކަށް ނުވޭތޯ؟: ޔާމީން
ހެލިކޮޕްޓަރުގެ ހިދުމަތް ނުފެށި ލަސްވާ މައްސަލައިގައި މިނިސްޓަރާ ސުވާލުކުރަނީ
ސްޓެލްކޯއަށް ޚިދްމަތް ކުރުމަށް ފަހު ރިޓަޔާކުރި ދެ މުވައްޒަފެއްގެ އަގުވަޒަންކޮށްފި
ހިތަދޫއާ ހުޅުދޫ އާއި މީދޫ ގުޅާލާ ބުރިޖުގެ ފަންނީ ލަފާދިނުން އެއް
4000 ފްލެޓަށް ކަރަންޓުގެ ޚިދްމަތް ފޯރުކޮށްދޭން ފަށައިފި