ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރެވޭނެކަމަށް ބެލެވޭ މާއްދާތަކެއް ހިމެނޭ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލް ދިރާސާކުރުމަށް ބޭއްވި މަޖިލީހުގެ ކޮމިޓީ މިއަދު ވެސް ސިއްރުކޮށްފި އެވެ.
އެ ކޮމިޓީން އިއްޔެވެސް ވަނީ އެ ބިލު ދިރާސާ ކުރުމަށް ބޭއްވި ކޮމިޓީ ސިއްރުކޮށް، ނޫސްވެރިން ބޭރުކޮށްފައެވެ.
ކޮމިޓީ ސިއްރުކުރަން ހުށަހެޅީ ބިލާ މެދު އާންމުންގެ ފަރާތުން ލިބިފައިވާ ކޮމެންޓްތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާންމުވެދާނެ ކަމަށް ބުނެއެވެ. ކޮމިޓީގެ މުގައްރިރު، ހުސެއިން ރިޒާ ވިދާޅުވީ، ބިލުގެ ކޮންމެ މާއްދާއަކަށް ވެސް 10-12 ކޮމެންޓް އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ.
މީގެކުރިން ވެސް މި ކޮމިޓީން ވަނީ ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ބަންޑާރަ ނައިބުގެ އޮފީހާއި، ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާ އެކު ތާވަލުކުރި ބައްދަލުވުންތައް ކެންސަލްކޮށްފަ އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި މި ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެހެންނަމަވެސް، މި ހުރިހާ ކަންބޮޑުވުންތަކެއް ހުރި އިރުވެސް، ދައުރުން ބޭރު ޖަލްސާއެއްގައި މަޖިލީހުން އެ ބިލް ވަނީ ބަލައިގެންފަ އެވެ.




1 Comment
ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް