ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ”އަމާން އުދަރެސް“ ފްލެޓްތަކުގެ ތެރެއިން ފުރަތަމަ 14 ޓަވަރުގެ ތަޅުދަނޑިތައް މި ހަފްތާގައި ހަވާލުކުރަން ފަށާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ
”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ދޫކުރާ މި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް އެފްޑީސީން އަންނަނީ ތައްޔާރުވަމުންނެވެ.
އެފްޑީސީން ޕީއެސްއެމަށް މައުލޫމާތު ދެމުން ބުނީ ”ގެދޮރުވެރިޔާ“ ސްކީމްގެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މި ހަފްތާގައި ފެށޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ ހަވާލުކުރާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ”އަމާން އުދަރެސް“ މަޝްރޫއުގެ 16 ޓަވަރުގެ ތެރެއިން މިހާރު މަސައްކަތް ނިމިފައިވާ 14 ޓަވަރު ކަމަށެވެ.
މި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ނިންމާފައިވަނީ ޓަވަރުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުއްވާފައިވާ ފަރާތްތަކަށެވެ. ޓަވަރުތައް ނިމި، ސެކިއުރިޓީ ޑިޕޮސިޓް ފައިސާ ދައްކަމުންދާވަރަކުން، ޓަވަރުތައް ހަވާލުކުރުން ކުރިއަށްދާނެ ކަމަށް ވެސް އެފްޑީސީން ހާމަކުރެއެވެ.
ފްލެޓް ހަވާލުކުރާނީ އެއްބަސްވުމުގައި ސޮއިކޮށް، ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށެވެ. މިގޮތުން، 2 ކޮޓަރީގެ އެޕާޓްމަންޓަކަށް 15,000ރ (ފަނަރަ ހާސް ރުފިޔާ)، އަދި 3 ކޮޓަރީގެ އެޕާޓްމަންޓަކަށް 25,000ރ (ފަންސަވީސް ހާސް ރުފިޔާ) ގެ ޑިޕޮސިޓެއް ދައްކަން ޖެހެއެވެ. މިހާތަނަށް 3,000 އަށް ވުރެ ގިނަ ފަރާތްތަކަށް ވަނީ އެއްބަސްވުމުގައި ސޮއިކޮށް، ޑިޕޮސިޓް ދެއްކުމަށް ހުޅުވާލާފައެވެ.

ގުޅުންހުރި
ގެދޮރުވެރިޔާ ފްލެޓްތަކަށް މި ހަފުތާގައި މީހުން ވައްދަން ފަށަނީ
ގެދޮރުވެރިޔާ ފްލެޓު އެއްބަސްވުމުގައި 1،826 މީހުން ސޮއިކޮށްފި
ކުރީ ސަރުކާރުން ދިން ފުލެޓުތައް އަތުލެވޭނީ ކޯޓަށް ގޮސްގެން: ފަހި ޔޫނިއަން
ސައުދީ ފަންޑުން 385 މިލިއަން ނަގައިގެން 400 ފްލެޓް ހަދަނީ
ފްލެޓު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އަންނަ މަހު 15އަށް އިތުރުކޮށްފި
ކުރީގެ ލިސްޓުގައި ނެތް މީހެއް އާ ލިސްޓަކަށް ނުލަން، އެކަމަކު އުސޫލު