ކުރިން ރައީސްކަން ކުރެއްވި ބޭފުޅުންނާއި މަޖިލިސް މެންބަރުކަން ކުރެއްވި ބޭފުޅުންގެ އިނާޔަތް ކުޑަކުރަން ގާނޫނުތައް އިސްލާހުކުރުމަށް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އެކަން އިއުލާން ކުރައްވާފައި މި ވަނީ، އެކަމުގެ ވިސްނުން ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ މެންބަރުންނާ ހިއްސާ ކުރެއްވުމަށްފަހު އެވެ.
ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ގާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ގާނޫނުތައް އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔާ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުން ކަމަށާއި އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔާވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިސްލާހުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސުންގެ ތެރެއިން އެއް ދައުރު ފުރިހަމަ ކުރައްވާ ރައީސުންނަށް އިނާޔަތުގެ ގޮތުގައި 50،000 ރުފިޔާ އަދި ދެ ދައުރު ފުރިހަމަ ކުރައްވާ ރައީސުންނަށް 75،000 ރުފިޔާގެ އިނާޔަތެއް ލިބިވަޑައިގަންނަވަ އެވެ. އޭގެ އިތުރުން ދިރިއުޅުއްވާނެ ތަނުގެ ކުލީގެ ގޮތުގައި 50،000 ރުފިޔާ އަދި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 175،000 ރުފިޔާ ލިބިވަޑައިގަންނަވަ އެވެ.
ކުރީގެ މެންބަރުންގެ ތެރެއިން އުމުރުން 55 އަހަރު ވެފައިވާ މެންބަރުންނަށް އިނާޔަތް ލިބޭ އިރު، އެއް ދައުރު ފުރިހަމަ ކޮށްފައިވާ މެންބަރުންނަށް މުސާރައިގެ 30 ޕަސަންޓު އަދި ދެ ދައުރު ފުރިހަމަ ކޮށްފައިވާ މެންބަރުންނަށް މުސާރައިގެ 45 ޕަސަންޓު ލިބެ އެވެ. އޭގެ އިތުރުން ކުރީގެ މެންބަރުންނަށް ހެލްތު އިންޝައަރެންސް ވެސް ހަމަޖައްސައިދެ އެވެ.

ގުޅުންހުރި
4،000 ފްލެޓް ލިބުނު މީހުންނަށް ފްލެޓްގެ ތަޅުދަނޑި ހަވާލުކުރަން މާދަމާ ފަށަނީ
ހަމަލާ ދިނުމުގެ ކުރިން ވައިޓްހައުސްއިން އިންޒާރު ދިންކަމަށް ބުނާ ބުނުން ގަތަރުން
އަގު ކޮންޓްރޯލް ކުރަން އެސްޓީއޯ އިން އޮރެންޖު އެތެރެކޮށް ވިއްކަން ފަށައިފި،
”ކަނބުލޮ“ ކާމިޔާބު ކޮށްފި! މި ހަފްތާ ބަންދުގައި އެކަނިވެސް 56 ޝޯ
އަލީބާބާގައި މުދާ ވިއްކޭ ގޮތް ދިވެހިންނަށް ހަމަޖައްސައިދެނީ
ސްޓެލްކޯގެ ބޯޑަށް މުޒްނާ އައްޔަންކޮށްފި