ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ ލިސްޓަށް އިތުރު 23 ބާވަތެއް އިތުރު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.
ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވްތަކުގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން މިހާތަނަށް ކަނޑައަޅާފައި އޮތީ ހަނޑޫ، ހަކުރު އަދި ފުށް އެކަންޏެވެ. އެ ލިސްޓަށް އިތުރުކުރި 23 ބާވަތަކީ ކޮބައިކަމެއް އިކޮނޮމިކް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.
ނަމަވެސް އެ ބާވަތްތައް ރާއްޖެއަށް އެތެރެކޮށް، ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށް ދިނަމަށް ހަވާލުކޮށްފައިވަނީ އެސްޓީއޯ އާއެވެ. އަދި އެކަން ތަންފީޒުކުރުމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެވެ.
އެސްޓީއޯ އިން އިއްޔެ ވަނީ، ކާބޯތަކެތީގެ އަސާސީ ލިސްޓަށް އިތުރުކުރި 23 ބާވަތް ހެޔޮއަގުގައި، އަބަދުވެސް ބާޒާރުގައި ލިބެން ހުންނާނެކަމުގެ ޔަގީންކަން ދީފަ އެވެ.
އެގޮތުން މިދިޔަ ހަފުތާ އިން ފެށިގެން އޮރެންޖު ރާއްޖެއަށް އެތެރެކޮށް ވިއްކަން ފަށާފައިވާއިރު ކުރިއަށް އޮތް ހަފުތާގައި އޮރެންޖުގެ ސްޓޮކް އިތުރުކޮށް، އާފަލު ވެސް ބާޒާރަށް ނެރޭނެ ކަމަށާއި ކާބޯތަކެތި ގިނަ ދުވަހު ހަލާކުނުވެ ބެހެއްޓުމަށް ޒަމާނީ ފެންވަރުގެ ކޯލްޑް ސްޓޯރޭޖް ފެސިލިޓީއެއް މާލޭ އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ގާއިމުކޮށްފައިވާ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.
އެ ކުންފުނިން އިތުރަށް ބުނީ، ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން ކާބޯތަކެތީގެ އަސާސީ ލިސްޓަށް އިތުރުކުރި 23 ބާވާތުގެ ތެރެއިން ރާއްޖޭގައި ހެއްދޭނެ ބާވަތްތަށް ދެނެގަނެ އެ ބާވަތްތައް ހެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ބޭރު ފައިސާއަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި، ރާއްޖެއިން ބޭރުން ރަނގަޅު ފާޓައިލް ބިންތަކަށް އިންވެސްޓް ކުރާނެ ކަމަށް ބުންޏެވެ.

ގުޅުންހުރި
އެސްޓީއޯ އިން ހިޓާޗީ އޭސީއެއް ގަނެގެން ސައިކަލެއް ލިބުމުގެ ފުރުސަތު!
އަގު ކޮންޓްރޯލް ކުރަން އެސްޓީއޯ އިން އޮރެންޖު އެތެރެކޮށް ވިއްކަން ފަށައިފި،
އެސްޓީއޯގެ ސިޓީ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް ހުޅުމާލެ 2
ރާއްޖޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާގެ އިންޝުއަރެންސް ޕާޓްނަރުގެ ގޮތުގައި އެލައިޑް
ރާއްޖެއަށް މިއަހަރު ލިބިފައިވަނީ 200 މިލިއަން ރުފިޔާގެ ހިލޭ އެހީ
އެސްއީޒެޑުގައި ދަނޑުވެރިކަން ކުރުމުގެ އުސޫލަށް ބޮޑު ބަދަލެއް