އެސްޖީއެމް ކިޔާ ކުންފުންޏަކުން 2018 ވަނަ އަހަރު ރާއްޖެއަށް އެތެރެކޮށް ބޮންޑްކޮށްފައިވާ ސިގިރޭޓްތަކެއް ވަގަށް ބޭރުކުރި މައްސަލައާއި ގުޅިގެން އޭގެ ޑިއުޓީއަށް 20 މިލިއަން ރުފިޔާ، ދެ ހަފުތާ ތެރޭ ދައްކަން ސިވިލް ކޯޓުން އެސްޖީއެމްގެ މައްޗަށް ހުކުމްކޮށްފި އެވެ.
ސިވިލް ކޯޓުން މި މައްސަލައިގެ ގަޒިއްޔާގައިވާ ގޮތުން 2018 ވަނަ އަހަރުގެ އޭޕްރީލް އަދި ޖޫން މަހު ރާއްޖެ އެތެރެކުރި ގާތްގަނޑަކަށް ހާހެއްހާ ކޭހުގެ ސިގިރޭޓް، ކަސްޓަމްގެ ބޮންޑުން ބޭރު ކޮށްފައިވަނީ ސިއްރުންނެވެ.
އޭގެ ޑިއުޓީއަށް ދައްކަން ޖެހޭ، 20،720،415.54 ރުފިޔާ މިހާތަނަށް ދައްކާފައިނުވެއެވެ.
އެހެންވެ އެ ފައިސާ ހޯދުމަށް ކަސްޓަމުން އެސްޖީއެމްއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ މިއަހަރުގެ ތެރޭގަ އެވެ. ކަސްޓަމުން އެދިފައިވަނީ އެ ފައިސާ އެކީ އެއް ފަހަރާ ނަގައި ދިނުމަށެވެ.
މި ދައުވާގެ ލިޔެކިޔުންތައް އެސްޖީއެމްއަށް ހަވާލު ކުރެވިފައިނުވާތީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން މައްސަލަ ކުރިއަށް ގެންގޮސް ހުކުމްކުރީ އެ ކުންފުނީގެ ޣައިރު ހާޒިރުގައެވެ.
އެ ހުކުމުގައިވަނީ 20،720،415.54 ރުފިޔާ 14 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރުމަށް އެސްޖީއެމް




1 Comment
ގުޅުންހުރި
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި 1.8 މިލިއަން ސިނގިރޭޓު ނައްތާލައިފި
އަޝްފާގު އެއް މިލިއަން ރުފިޔާ ދައްކައިފި، ބާކީ ހަތަރު ލައްކަ ދައްކަން
ދުންފަތުގެ އިސްތިއުމާލުކުރުމަކީ ބޮޑު އަނިޔާއެއް، މި ސުންޕާ ވަބާއިން ސަލާމަތްވާންޖެހޭ: ހުތުބާ
ހައްޖު ކޯޕަރޭޝަނުން އަނެއްކާވެސް ބިމެއް ގަނެފި, ދޮޅު އަހަރުތެރޭ ގަތް 3
ކޯޓަށް ހާޒިރުނުވެގެން ހަމްދޫން ހޯދަނީ
އައިލެންޑް އެވިއޭޝަނުން 49.4 މިލިއަން ރުފިޔާއަށް ހުުޅުމާލެއިން ބިމެއް ގަނެފި