ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ދިރާސާކުރަމުންދާ ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ގައި ސޯޝަލް މީޑިއާގެ ޕޯސްޓްތަކަށް ވެސް ފިޔަވަޅު އެޅޭނެ ކަމަށް ބުނެފައި އޮތް ނަމަވެސް އެކަން ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ދޮގުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމިއްލަ މެންބަރެއް ކަމަށްވާ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ބިލުން ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކަށް ވެސް ފިޔަވަޅު އެޅޭނެ ކަމަށް ބުނަނީ ބިލުގެ 60 ވަނަ މާއްދާ އޮތް ގޮތުންނެވެ.
އެ މާއްދާގައި ބުނެފައިވަނީ މި ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ އުސޫލުތައް އިލެކްޓްރޯނިކް މީޑިއާއަށް ވެސް، އެ މީޑިއާއާ ގުޅޭ ނިސްބަތަކަށް، ހިނގާނެ ކަމަށެވެ. އަދި ނޫސްވެރިންނާ ގުޅޭ ގޮތުން މި ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތައް، އިލެކްޓްރޯނިކް މީޑިއާގައި މަސައްކަތްކުރާ މީހުންނަށް، އެމީހުންނާ ގުޅޭ ނިސްބަތަކަށް ހިނގާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ބިލުގެ 80 ވަނަ މާއްދާގައި ބިލުގައި ބޭނުންކޮށްފައިވާ ބައެއް ލަފުޒުތައް މާނަކޮށްފައި އޮތް ގޮތުން އެކަން އިތުރަށް ސާފުކޮށްދެ އެވެ. އެގޮތުން އެ މާއްދާގައި ’އިލެކްޓްރޯނިކް މީޑިއާ‘ ކަމަށް ބުނެފައިވަނީ އޯޑިއޯ، ވީޑިއޯ، ޓޭޕާއި ޑިޖިޓަލް ސްޓޯރޭޖް މީޑިއާ އާއި އިންޓަނެޓަށެވެ.
އެކަމާ ގުޅިގެން އާންމުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް ފަލާހު ވިދާޅުވީ ރައްޔިތުން ގަދައަށް ސޯޝަލް މީޑިއާ ބޭނުންކުރަންވީ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ޒުވާނުންނާއި ރައްޔިތުންނަށް ދުވަހަކުވެސް ނުލިބޭނެފަދަ، ޒުވާނުން އަދި ރައްޔިތުންގެ މުޅި މުސްތަގުބަލު އުޖާލާކޮށް ރައްކާތެރިކޮށްދޭނެ ހެޔޮލަފާ 100 ޕަސަންޓު ޔަގީންކަން އޮތް ވެރިއެއް ކަމަށެވެ.
”ލޮބުވެތި ޒުވާނުން އަދި ރައްޔިތުން. މިހާރު ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެމްބަރު އަބްދުލް ހަންނާން ހުށަހަޅާފައިވާ މީޑިއާ ބިލުގައި ސޯޝަލް މީޑިއާތައް ރެގިއުލޭޓްކޮށް، ފޭސްބްކާއި ޓިކްޓޮކް އަދި ޓުވިޓާ އެކައުންޓުތައް، މި ބިލު ރައްޔިތުންގެ މަޖިލީހުން މިސާލަކަށް ފާސްވިޔަސް ބަންދުވާގޮތަކަށް ބިލުގައި ނެތް،“ އޭނާ ވިދާޅުވި އެވެ.
ބިލުގައި ސޯޝަލް މީޑިއާގެ ޕޯސްޓްތަކަށް ފިޔަވަޅު އެޅޭނެ ކަމަށް ދޭހަވާ ގޮތަކަށް އޮތުމުން ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ ބިލުގައި އިބާރާތްކުރުމުގެ މައްސަލަތަކެއް ހުރިކަން ގަބޫލުކުރަައްވައި އިލެކްޓްރޯނިކް މީޑިއާ އިތުރަށް ތަފްސީލްކޮށްދޭން ކޮމިޓީގައި އެދިވަޑައިގެންނެވި ކަމަށް ވިދާޅުވެފަ އެވެ.




ގުޅުންހުރި
މަނީ ލޯންޑަރިންގެ ކުށުގައި ބައްސާމްގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަށް 64 ބިލިއަން ރުފިޔާ، 62 ޕަސެންޓަކީ ރިކަރަންޓް
ފްލެޓަށް ޑައުން ޕޭމަންޓް ނުދެއްކި ތިބި ފަގީރުންނަށް ޒަކާތު ފަންޑުން އެ
ބަޖެޓުން މިލިއަނެއްހާ ރުފިޔާ ދޭ މީޑިއާއެއްގެ ހިއްސާދާރުންގެ ތެރޭ ޝަހީމްގެ ދަރިކަލުން
މި އަހަރުގެ މިހާތަނަށް ބީއެމްއެލް އިން ހަ ބިލިއަން ރުފިޔާގެ ލޯނު
އެމެރިކާ އިން ނިއުކްލިއާ ހަތިޔާރު ޓެސްޓު ކުރަން ފަށަން ޓްރަމްޕް އަމުރުކޮށްފި