130 ކިލޯގެ ޑުރަގް އެތެރެކުރި މައްސަލައިގައި ހައްޔަރުކުރުމަށްފަހު ދޫކޮށްލި ގއ.ވިލިނގިލި/ ލައިޓްހައުސް، ޝަހީބް އިބްރާހީމް 47އ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށްޓަކައި ހޯދަން ފަށައިފި އެވެ.
މީގެ ފަސް އަހަރު ކުރިން 2020 ވަނަ އަހަރު ކަންނެލި ދޯންޏެއްގައި 130 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައެއްގައި ޝަހީބް ހައްޔަރުކުރުމުން، ކްރިމިނަލް ކޯޓުން ބަންދު އަމުރު އެއް ފަހަރު ދިނުމަށްފަހު އޭނާ ދޫކޮށްލި އެވެ.
ޝަހީބަކީ މިހާރު އުވާލާފައިވާ ޕީޕީއެމްގެ ކުރީގެ ކައުންސިލް މެންބަރެކެވެ. އަދި މި މައްސަލަ ފެންމަތިވުމުން ޕީޕީއެމުން ވަނީ އޭނާ ޕާޓީން ވަކިކޮށްފަ އެވެ.
ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ޝަހީބް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެ އަމުރުގައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ޝަހީބު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް ކަމަށް ފުލުހުން ބުންޏެވެ.
ޝަހީބްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ރާއްޖެއަށް ޑްރަގް އެތެރެކުރަން ބޭނުންކުރި ކަމުގެ ތުހުމަތަށް 2019 ވަނަ އަހަރު ހިފެހެއްޓުމަށް ފަހު ދޫކޮށްލި ބޯޓެއް ފެތުނު ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލައިގެން ބޭނުންކުރަމުންދާ މައްސަލައެއް ވެސް ޝަހީބުގެ މައްޗަށް އޭރު ތުހުމަތުކުރި އެވެ.




ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު