ރައްޔިތުން ބޭނުން ނަމަ ވޭޕު ހުއްދަކޮށް، ސިނގިރޭޓުގެ ޑިއުޓީ އެމްޑީޕީން ކުޑަކޮށްދޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރޭ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ދެން އުފެދޭ އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނު އަސާސީއާ ހިލާފަށް ރައީސް މުހައްމަދު މުއިއްޒު ހައްދަވަމުން ގެންދަވާ ގޯސްތައް ރަނގަޅު ކުރާނެ ކަމަށެވެ.
”ގާނޫނުއަސާސީ އިރާލުމުގެ ތެރެއިން އެ ކުރައްވާ މަސައްކަތްތައް އަޅުގަނޑުމެން އިއާދަ ކުރާނަން. އަދި އެއަށް ވުރެ ފުރިހަމައަށް، އަލުން މިފަދަ މީހަކަށް އައިސް ގާނޫނުއަސާސީއާ ނުކުޅެވޭ ވަރު އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ކުރާނަން،“ ފައްޔާޒު ވިދާޅުވި އެވެ.
”…ރައްޔިތުންނަށް ވެފައިވާ ތަކުލީފުތައް، އޭގެ ތެރޭގައި ސިނގިރޭޓުގެ ޑިއުޓީ، ވޭޕު [މަނާކުރުން]. މި ހުރިހާ ކަމަކީ އަޅުގަނޑުމެން ރައްޔިތުންގެ މަޝްވަރާއާ އެކު ބަދަލު ކުރާނެ ކަންކަން.“
ސަރުކާރު އާންމު ވިޔަފާރިތަކަށް ތަކުލީފު ޖެއްސުމުގެ ސަބަބުން އެކަމުގެ ދަތިކަން އިގްތިސޯދުން ފެންނަމުންދާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
އިގްތިސޯދު މިވަގުތު ހިނގަ ހިނގާ އޮތީ ޓޫރިޒަމް ސިނާއަތުގެ ސަބަބުން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.




48 Comments
ގުޅުންހުރި
މަސައްކަތް އަދި މި ފެށުނީ، އެމްޑީޕީން އެކުގައި ނުކުމެ އިންތިހާބު ބޮޑުތަނުން
އެމްޑީޕީގެ މެމްބަރުން ހާލުގައި ޖައްސައި މަގުމަތިކޮށްފައި ދުވަހަކުވެސް ނުދާނަން: އާދަމް އާޒިމް
ވެރިކަންކުރާ ޕީއެންސީގައި 74،000 މެންބަރުން، އެމްޑީޕީގައި 43،700 މީހުން
އެމްޑީޕީގެ ޗެއާޕާސަންކަމަށް ރީކޯ މޫސަގެ ޝައުގުވެރިކަން
ކައުންސިލުގެ ފްލޯއަކީ ޑްރާމާ ކުޅެ، މާލޭގެ ބިންތައް ވިއްކަން އޮންނަ ތަނެއް
ނަޝީދު، ސަރުކާރަށް: ހިޔާލުފާޅުކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާލާ!