ރައީސް އޮފީހުގެ ކުރިމަތީގައި ގާއިމުކޮށްފައިވާ މީޑިއާ ފެންޑާ ތަޅާލައިފި އެވެ.
ރައީސް އޮފީހުގެ ދެކުނު ގޭޓު ކުރިމަތީގައި ރައީސް އޮފީހުން ހަދާފައިވާ މީޑިއާ ފެންޑާއަކީ ސިޑިބަރިއަކާއެކު ހިޔާކޮށް އަދި ކަރަންޓު ލިބޭ ގޮތަށް ރައީސް އޮފީހަށް ވަޑައިގަންނަވާ މިނިސްޓަރުންނާ ސުވާލުކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މިއަހަރުގެ މޭމަހުގެ ހުޅުވި ތަނެކެވެ.
ނަމަވެސް އެތަން އެންމެ އެދެވޭ ގޮތުގައި ނޫސްވެރިން ބޭނުން ކުރަމުންދާ ނުދާތީއާއި މީޑިއާ ކޮންޓްރޯލް ބިލާ ގުޅިގެން ނޫސްވެރިން އެތަނުގައިކުރި އިހުތިޖާޖުގައި، އެތަން ބޭނުން ކުރުމުގެ ހުއްދަ ދީފައިވާ ނޫސްވެރިން ނޫން އެެހެން ބަޔަކު އެތަން ބޭނުން ކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ބުނެ ރައީސް އޮފީހުން ވަނީ މީޑިއާ ފެންޑާ މިމަހުގެ ތެރޭގައި އުވާލައިފަ އެވެ.
އެފަހުން ރައީސ އޮފީހުންވަނީ އެތަނުގައި ރުއް ޖަހައިފަ އެވެ.
ނަމަވެސް ރައީސް އޮފީހުން މިހާރުވަނީ މީޑިއާ ފެންޑާގެ ސިޑިބަރި ތަޅާލައިފައެވެ. އެކަން އެގޮތަށް ކުރި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
އަދި އެތަން އިމާރަތް ކުރުމަށް ދިޔަ ހަރަދުވެސް ރައީސް އޮފީހުން މިހާތަނަށް ހާމަކޮށްފައިނުވެ އެވެ.


					

4 Comments
ގުޅުންހުރި
2026ގެ ބަޖެޓް: ރައީސްގެ ރަސްމީ ގެކޮޅަށް 34 މިލިއަން, މަހަކަށް 2.8
ރައީސް މުއިއްޒު، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި
2 ނޮވެންބަރަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި
މީޑިއާ ކޮމިޝަނަށް މަޖިލީހުން ހޮވާ ތިން މެންބަރުން އައްޔަންކޮށްފި
ޗައިނާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ: ރައީސް
8 ދުވަސް ތެރޭ 4 އަތޮޅެއްގެ 30 ރަށަށް؛ ދަތުރުފުޅަށްފަހު ރައީސް