ސެޕްޓެމްބަރ 22, 2025

ސަޓާ 2025 – ލީޑިން އެޑްވެންޗާ ޑެސްޓިނޭޝަން އެވޯޑާއެކު ރާއްޖެއަށް 17 ގޯލްޑް، 19 ސިލްވާ އެވޯޑް

ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ޓްރެވަލް އިންޑަސްޓްރީއަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު އެވޯޑު ހަފުލާ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2025 ގައި ރާއްޖެއަށް 17 ގޯލްޑް އެވޯޑް ލިބިއްޖެ އެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ސިނަމަން ގްރޭންޑުގައި ރޭ ބޭއްވި ހަފުލާގައި ރާއްޖެއަށް ލިބުނު ގޯލްޑް އެވޯޑްތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް އެވޯޑަކީ ވިޒިޓާސް ޗޮއިސް އެވޯޑްސް – ލީޑިން އެޑްވެންޗާ ޑެސްޓިނޭޝަން އެވޯޑެވެ. ރާއްޖެއަށް ދެން ލިބުނު ގޯލްޑް އެވޯޑްތަކުގެ ތެރޭގައި:

  • ސައުތް އޭޝިއާގެ އެންމެ ރަނގަޅު ޖެނެރަލް މެނޭޖަރު: އަގްސަނާ ވެލަވަރުގެ އަހުމަދު ޒާހިރު
  • އެންމެ ރޮމޭންޓިކް ރިސޯޓް: ޔޫ އެންޑް މީ މޯލްޑިވްސް
  • ލީޑިން ބީޗް ރިސޯޓް: ސިނަމަން ވެލިފުށި މޯލްޑިވްސް
  • ލީޑިން ލަގްޒަރީ ރިސޯޓް: ދަ ރިޓްޒް- ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސް
  • ލީޑިން ޑައިވް ސެންޓަރު: ބެސްޓް ޑައިވްސް
  • ލީޑިން އޯލް އެކްސްކްލޫސިވް ހޮޓެލް/ ރިސޯޓް: ހެރިޓެންސް އާރަށް
  • ލީޑިން ޑިޒައިނާ ހޮޓެލް/ ރިސޯޓް: ކޮކޫން މޯލްޑިވްސް
  • ލީޑިން އެއާޕޯޓް ހޮޓެލް: ހުޅުލެ އައިލެންޑް ހޮޓެލް
  • ލީޑިން ސާފް ހޮޓެލް/ ރިސޯޓް: ސިނަމަން ދޮންވެލި މޯލްޑިވްސް
  • ލީޑިން ޑައިވް ހޮޓެލް/ ރިސޯޓް: އަދާރަން ކްލަބް ރަންނާޅި
  • ލީޑިން ޕެސެންޖާ ސޭލްސް އެޖެންޓް: ވިލާ ޓްރެވަލްސް އެންޑް ޓުއާސް
  • ލީޑިން ޖެނެރަލް ސޭލްސް އެޖެންޓް: އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސް
  • ލީޑިން ސުޕަވިޝަން އެޖެންޓް (ޖީއެސްއޭ): އަވިއާ މޯލްޑިވްސް
  • ލީޑިން ޓޫރިސްޓް ޓްރާންސްޕޯޓް ޕްރޮވައިޑާ: ޓްރާންސް މޯލްޑިވްސް އެއާވޭސް
  • ލީޑިން ލިވަބޯޑް: މޯލްޑިވްސް ލެޖެންޑް
  • ލީޑިން ލިވަބޯޑް ބްރޭންޑް: ވޮޔޭޖަސް މޯލްޑިވްސް

މި އަހަރުގެ ހަފުލާގައި ރާއްޖެއަށް 19 ސިލްވާ އެވޯޑްވެސް ލިބިފައިވެ އެވެ.

މި އަހަރު ބޭއްވި ނުވަ ވަނަ ސަޓާ ހަފުލާގައި 53 ގޯލްޑް އެވޯޑް އަދި 113 ސިލްވާ އެވާޑް ދީފައިވެ އެވެ.

ސަޓާ އެވޯޑަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް މަޝްހޫރު އިވެންޓް އޯގަނައިޒާ، ހައިރައިޒުން އިންތިޒާމު ކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ އެވޯޑެކެވެ.