ވިލިމާލެއާ ދިމާ ބޭރުގައި އަޅާފައި އޮތް އިންޑިއާގެ ކާގޯ ބޯޓަކުން މީހަކު ކަނޑަށް ވެއްޓިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ ”އެމްއެސްވީ ޑައުލާ“ ނަމަކަށް ކިޔާ ބޯޓުން މީހަކު ކަނޑަށް ވެއްޓިގެން ރިޕޯޓް ކުރީ ރޭ 11:35 ހާއިރު ކަމަށެވެ.
ކަނޑަށް ވެއްޓުނީ އިންޑިއާގެ ރައްޔިތެއް ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑްގެ ސިފައިން ކުރަމުން އަންނަ ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފް އިން މިއަދު ހެނދުނު ބުނީ، އެ މީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަދިވެސް ކުރަމުން އަންނަ ކަމަށެވެ.



