އިންޑިއާގެ ބެންގަލޫރުގެ ބަސް ސްޓޭންޑެއް ކައިރީގައި ފިރިހެނަކު އޭނާގެ އަނބިމީހާގެ ގަޔަށް ވަޅި ހަރައި މަރާލައިފި އެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ދެމަފިރިން ކައިވެނި ކޮށްފައިވަނީ މީގެ ތިން އަހަރު ކުރިންނެވެ. އަދި މިއީ ދެ މީހުންގެ ވެސް ދެވަނަ ކައިވެންޏެވެ.
މި ހާދިސާ ހިނގާފައިވަނީ ގިނަ އަދަދެއްގެ ބައެއްގެ ކުރިމަތީގައެވެ. އޭރު ދެމަފިރިންގެ އަންހެން ދަރިފުޅުވެސް ކައިރީގައި ހުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މި ހަމަލާގައި އަންހެން މީހާ މަރުވީ އޭނާގެ މެޔަށާއި ބަނޑަށް އެތައް ފަހަރަކު ވަޅި ހެރުމުން ލިބުނު ޒަހަމްތަކާ ގުޅިގެންނެވެ. އަދި ހަމަލާ ދިނުމަށްފަހު ފިރިހެން މީހާ އެ ސަރަހައްދުން ފިލާފައިވާއިރު ފުލުހުން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ހާދިސާގެ ތަހުގީގު ކުރިއަށްދާތީ، އަންހެން މީހާއަށް ހަމަލާ ދިނީ ކީއްވެގެން ކަމެއް އަދި ނޭނގެ އެވެ.



