ސަރުކާރުން ރަށްރަށުގައި ހަދާ ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމަންޓް 10،000 ރުފިޔާއަށް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ތިމަރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރަށްރަށުގައި އަޅާ ހައުސިން ޔުނިޓްތަކުގެ ޑައުންޕޭމެންޓުގެ ގޮތުގައި މިހާރު ދައްކަން ޖެހެނީ 20،000 ރުފިޔާ ކަމަށާއި ނަމަވެސް އެ އަދަދު ބޮޑުކަމުގެ ޝަކުވާ ލިބެމުންދާތީ 10،000 ރުފިޔާއަށް އެ އަދަދު ކުޑަކޮށްދެއްވާނެ ކަމަށެވެ.
”އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ދެންނެވި ޑައުންޕޭމަންޓް 10،000 ރުފިޔާއަށް ކުޑަކޮށްދޭނަން، އަދި މި ރަށުގައި ވެއްޖެއްޔާ މި ގްރޭސް ޕީރިއަޑް އެކްސްޓެންޑް ވެގެންދާނެ އެ ތަނަށް ވަދެ ނިމެންދެން، އެ ތަނަށް ވަދެވި ބޭނުންކުރަން ފެށުމުން ގްރޭސް ޕީރިއަޑް ހިނގަން ފަށާނީ، މިއީ ނިމިފައި ހުރި ތަނެއް ނޫން، ނިމިފައި ހުރި ތަންތަނަށް އިތުރު ތިން މަސް މި ލިބެނީ.“ ރައީސް ވިދާޅުވި އެވެ.




1 Comment
ގުޅުންހުރި
ރައީސް، މެދުހެންވޭރު ”ދޮރުންދޮރަށް“ ހަރަކާތަށް
އެންމެ ގިނަ އަދަދެއްގެ ހާފިޒުން ދަސްވެނިވާ ތާރީހީ ހަފުލާ އަންނަ އާދީއްތަ
ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް
މަގާމަށް އިންތިހާބު ކުރިތާ 45 ދުވަސް ފަހުން ޖޭއެސްސީއަށް ފަނޑިޔާރު ޝަފީއު
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް