ހުޅުމާލޭ ފިހާރައެއްގެ ސޭޓެއްގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މިއަދު ބުނީ، ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ މީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 12:45 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވެފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ ފިހާރައެއްގައި މަސައްކަތްކުރާ ނޭޕާލްއަށް ނިސްބަތްވާ 21 އަހަރުގެ އަންހެނަކަށް ކަމަށްވެސް ފުލުހުން ބުންޏެވެ.
އޭނާއަށް ހަމަލާ ދިނީ ކީއްވެގެން ކަމެއް އަދި ހަމަލާދިން މީހާ ހައްޔަރުކުރި ކަމެއް ފުލުހުން އަދި ނުބުނެ އެވެ.



