ދެކުނު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިއެއް ކަމަށްވާ ވިޖޭ ބޭއްވި ސިޔާސީ އެއްވުމެއްގައި ފިތި ބާރުވެގެން ގިނަ ބަޔަކު މަރުވެއްޖެ އެވެ.
ޓެމިލް ނާޑޫގައި އިއްޔެ ބޭއްވި އެ އެއްވުމުގައި 10،000 އަށްވުރެ ގިނަ މީހުން ބައިވެރިވި އިރު، ހާދިސާ ހިނގީ ވިޖޭ ދެކެލަން ބޭނުންވާ މީހުން ބެރިކޭޑް ހުރަސްކޮށް ސްޓޭޖާ ކައިރިއަށް ދާން އުޅުމުގެ ސަބަބުން ފިތި، ހާސްވެގެންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ހާދިސާގައި 39 މީހުން މަރުވެ 51 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. މަރުވި މީހުންގެ ތެރޭގައި 17 އަންހެނުންނާއި 13 ފިރިހެނުންގެ އިތުރުން ނުވަ ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.



