ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގެޒެޓްގައި ނެރެފައިވާ ލިސްޓަށް އަދި އިއުލާނާ ހިލާފަށް އެއްވެސް ފަރާތެއް އިތުރު ކުރެވިފައި ނުވާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުއްލާ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މުއްތަލިބް މިހެން ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ރައްޔިތުންނަށް ދީފައިވާ ފްލެޓްތަކުން ބައެއް ވަގަށް ވިއްކަން އުޅޭ މައްސަލަ ބޮޑުވެފައިވާ ކަމަށް ބުނެ މީޑިއާއަކުން ޖެހި ހަބަރަކާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މުއްތަލިބް މިއަދު ’އެކްސް‘ ގައި ކުރެއްވި ޕޯސްޓެއްގައި 15 ނޮވެންބަރު 2023 ގައި އިޢުލާން ކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓް ކަމަށާއި އަމަލު ކުރާނީވެސް އެ ލިސްޓާއެކު ނެރެފައިވާ އިއުލާނުގައިވާ ގޮތަށް ކަމަށެވެ. އަދި ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާކަން ޔަގީން ކުރެވޭ ފަރާތްތަކަށް އެކަނި ކަމަށްވެސް ވިދާޅުވި އެވެ.
”ގެޒެޓުގައިވާ ލިސްޓާއި އިއުލާނާ ހިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާޓެއް އިތުރުކުރެވިފައި ނުވާނެ. ލިސްޓަކަށް އާ ބަޔަކު އިތުރުކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނޯންނާނެ،“ މުއްތަލިބް ވިދާޅުވި އެވެ.




ގުޅުންހުރި
ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި
ހިޔާ އާއި ވެށިފަހި ކެޓަގަރީއަށް ހުށަހެޅުމުގައި ލުޔެއް
ގެދޮރުވެރިޔާ ސްކީމް: މިހާތަނަށް 3600 އަށް ވުރެ ގިނަ ފަރާތްތަކާއި ފުލެޓް
އިތުރުކުރާ ދެ ކެޓަގަރީއަށް ގޯތި ދޭން އަންނަ މަހު ހުޅުވާލަނީ
ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް އަލުން ގުރު ނަގަން ފަށައިފި
މަގުސަދަކީ ބޯހިޔާވަހިކަމުން މުދާ އެއްކުރުމެއް ނޫން، އިސްކަންދޭން ޖެހޭނީ ގޮދޮރު ނެތް