ށ. ފޭދޫ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ޑުރަގް ހުރި ދެ ކަރުދާސްކޮޅާއެކު ދެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ، އެ ގެ ފާސްކުރީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 24 ސެޕްޓެންބަރު 2025 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އެ ގެ ބަލައި ފާސްކޮށް ޑުރަގް ކަމަށް ބެލެވޭ އެއްޗެއް ހުރި ހަ ކަރުދާސް ކޮޅާއި ޑުރަގް ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ފޭދޫ/ ސައިމާގެ، މުހައްމަދު މުސްތަފާ އާއި އެ ރަށު ލައިޓްހައުސް/ ފާތިމަތު ނައިލާ ހައްޔަރުކޮށްފަ އެވެ. އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަސް ކޯޓަށް ހާޒިރުކުރުމުން މުސްތަފާ 15 ދުވަހަށް އަދި ނައިލާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ވަނީ ދޫކޮށްލައިފަ އެވެ.




1 Comment
ގުޅުންހުރި
އޮޕަރޭޝަން އަލިމަގު: ގިނަ މީހުން ދޫކޮށްލައިފި، ޝަރީއަތް ނިމެންދެން ބަންދުކުރީ އެންމެ
ކްލަޔަންޓުންނަށް ފަރުވާއާއެކު ޑްރަގު ދޭ މައްސަލައިގައި އެންޑީއޭގެ މުވައްޒަފަކު ހައްޔަރުކޮށްފި
ޑްރަގު އެތެރެކުރަން އުޅުނު މައްސަލައެއްގައި 16 މީހަކު ހައްޔަރުކޮށްފި
އިހުސާންގެ އިންޒާރު: ޑްރަގު ވިޔަފާރިވެރިންނަށް ދިރިއުޅެން އުނދަގޫވާވަރު ކުރާނަން
”އޮޕަރޭޝަން އަލިމަގު“ގެ ތެރެއިން 90 މީހަކު ހައްޔަރުކޮށްފި
ރާއްޖެއިން ހިފެހެއްޓި ޑްރަގު ބޯޓު ލަންކާއާ ހަވާލުކުރަނީ