އޮކްޓޯބަރ 14, 2025

އިޒްރޭލަށް ޖާސޫސް ކޮށްދޭ އެންމެ މުހިންމު އެއް ޖާސޫސް ދަންޖައްސައި މަރާލައިފިން: އީރާން

އިޒްރޭލަށް ޖާސޫސްކޮށްދިނުމުގައި އެންމެ އިސްކޮށް ހުރި އެކަކު ދަންޖައްސައި މަރާލާފައިވާ ކަމަށް އީރާނުން މިއަދު ބުނެފި އެވެ.

އީރާނުގެ ޖުޑީޝަރީ ނޫހެއް ކަމަށްވާ, މިޒާން ނޫހުން ބުނެފައިވާ ގޮތުން މަރާލާފައިވަނީ ހައްސާސީ މުވާސަލާތީ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރި ބަހްމަން ޗޯބީއަސްލް ނަމަކަށް ކިޔާ މީހެކެވެ.

މި މައްސަލަ އޭނާ އިސްތިއުނާފު ކުރި ނަމަވެސް އީރާނުގެ ސުޕްރީމް ކޯޓުން ވަނީ ދުނިޔޭގައި ކޮރަޕްޝަން ފަތުރާ ކަމަށް ކަނޑައަޅައި އޭނާއަށް މަރުގެ ހުކުމް އިއްވައިފަ އެވެ. އޭނާ ދަންޖައްސައި މަރާލާފައިވަނީ އިޒްރޭލުގެ ސްޕައި އެޖެންސީ މޮސާދްގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލުވުމަށްފަހު ކަމަށްވެސް ބުންޏެވެ..

މިއީ އީރާނާއި އިޒްރޭލާ ދެމެދު މިދިޔަ ޖޫން މަހުގެ ތެރޭގައި ހިނގި 12 ދުވަހުގެ ވަރުގަދަ ހަނގުރާމައަށްފަހު އިޒްރޭލަށް ޖާސޫސްކޮށްދޭ މީހުން ހޯދައި ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރަށްފަހު ދަންޖަސައި މަރާލި 10 ވަނަ މީހާ އެވެ. އަދި މިއީ މި މަހުގެ ތެރޭގައި އީރާނުން ދައްޖައްސައި މަރާލި ދެވަނަ މީހާ އެވެ.