ގައުމު ދެކެ ލޯބިވާނަމަ އެމްޑީޕީން މާދަމާ ރޭ މާލޭގައި ބާއްވަން ނިންމާފައިވާ އެއްވުމުގައި ބައިވެރިއެއް ނުވާނެ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު އެހެން ވިދާޅުވީ, އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ, ފެނަކައިގެ ހިޔާނާތަކީ އެމްޑީޕީ ސަރުކާރުން ހިންގި ކަމެއް ކަމަށާއި އެހެންކަމުން މާދަމާގެ އެއްވުމުގައި ބައިވެރިވާ ކޮންމެ މީހަކީ އެ ހިޔާނާތް ދިފާއުކުރަން ތައްޔާރަށް ހުރި މީހެއް ކަމަށެވެ.
އަދި ގައުމުދެކެ ލޯބިވާ އެކަކުވެސް މާދަމާގެ އެއްވުމަށް ނުދާނެ ކަމަށްވެސް ފަލާހު ވިދާޅުވި އެވެ.




257 Comments
ގުޅުންހުރި
ދެ އިންތިހާބު އެއްކޮށްލާ ވޯޓު ހުއްޓުމަށް އެމްޑީޕީން ކޯޓަށް
އެމްޑީޕީ ދެން ނަގައި ކޮޅަކަށް ނުޖެހޭނެ، ރަނގަޅު ވާނީ އާ ސިޔާސީ
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ސަރުކާރު ޖަވާބުދާރީކުރުވުމުގައި ހައްގުތަކަށް ބަލައެއް ނުލާ: ނައިބު ރައީސް
ފެނަކަ ސައީދު ގޭބަންދަށް ބަދަލުކޮށްފި
މިއީ ”ބަތްކައްކާ“ ސަރުކާރެއް، އެންމެ ގޮނޑިއެއް ވެސް ދޭން ހެޔޮނުވާނެ: އާޒިމް