ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ހޮވައިފި

ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން މިއަދު ހޮވައިފި އެވެ.

ވެރިކަމުގެ ދައުރުގެ ތެރޭގައި 1،000 މީހުން ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ފޮނުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެހެންވެ، އެ ވައުދުގެ ދަށުން ސަރުކާރުގެ ހަރަދުގައި ފަގީރުން ހިލޭ ހައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރު އެވެ. މިދިޔަ އަހަރު 50 ފަގީރުން ފޮނުވި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ސަރުކާރުގެ ހަރަދުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ ފަގީރުން ހޮވާފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސް އިން ރިވިއުކޮށްފައިވާ ފަގީރުންގެ ދަފުތަރަށް ބަލައި ގުރުއަތުލައިގެންނެވެ.

މިއަދުގެ ގުރުއަތުލުމުގައި އަންނަ އަހަރު ހައްޖަށް ފޮނުވާ 50 މީހުންގެ އިތުރުން އެއްވެސް ހާލަތެއް ދިމާވެގެން ގުރުއަތުން ހޮވުނު މީހަކު އުނިވެއްޖެ ނަމަ، ފުރުސަތު ދޭނެ 25 މީހުން ހޮވާފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ފަގީރުންގެ ލިސްޓުގައި ފަރުޞު ހައްޖު އަދާނުކޮށް ތިބި 376 މީހުން އެބަ ތިބި ކަމަށެވެ.

3 Comments

  • Ana Aish Alko އޮކްޓޯބަރ 9, 2025

    Fageerunno 🤭

  • Imma Maldivz އޮކްޓޯބަރ 9, 2025

    Seriously

    Fageerunnah deveytha ?

  • Razeena Ranna އޮކްޓޯބަރ 10, 2025

    Fageerun ah? , dhn faisaa dhakkaa hama vefa huri meehun?

Leave a Reply