ޣައްޒާއަށް ދާއިމީ ސުލްހައެއް ގެނައުމާ ގުޅޭ ގޮތުން މިސްރުގައި މާދަމާ ފަށާ ބައިނަލްއަގުވާމީ ސަމިޓަށް ދަތުރުކުރަމުންދިޔަ ގަތަރުގެ ތިން ޑިޕްލޮމެޓަކު ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.
މިސްރުގައި ހުންނަ ގަތަރުގެ އެމްބަސީން ބުނީ, ގަތަރުގެ އަމީރީ ދިވާންގެ ތިން މުވައްޒަފުން ދަތުރުކުރަމުންދިޔަ ކާރު އެކްސިޑެންޓްވީ މިސްރުގެ ރެޑް ސީ ރިސޯޓް ސިޓީ ޝާމް އެލް ޝައިހް ކައިރިން ކަމަށެވެ.
އެ އެކްސިޑޭންޓުގައި އިތުރު ދެ ޑިޕްލޮމެޓަކަށް އަނިޔާވެ, ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް އެމްބަސީން ބުންޏެވެ
މި އެކްސިޑެންޓާ ބެހޭ ތަފްސީލެއް އަދި ނުލިބެ އެވެ.
ވިއްސަކަށް ގައުމުގެ ބައިވެރިވުމާއެކު ޣައްޒާ ސަމިޓު މާދަމާ ފަށާއިރު ޣައްޒާގައި ދެ އަހަރު ވަންދެން އިޒްރޭލުން ދިން ހަމަލާތައް މެދުކަނޑާލައި އިޒްރޭލުގެ އަސީރުންނާއި ފަލަސްތީނުގެ ގައިދީން މިނިވަންކުރަން ދަނީ ތައްޔާރުވަމުންނެވެ.




ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
ދިވެހިންގެ އެހީގައި ގާޒާގައި އިތުރު ވަގުތީ މިސްކިތެއް
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް