އޮކްޓޯބަރ 13, 2025

ކޮފީ ބުއިމުން ލިބޭ ސިއްހީ ފައިދާތަކަކީ ކޮބާ؟

ކޮފީ ބުއިމުން ލިބޭ ސިއްހީ ފައިދާތަކާއި ބެހޭ ގޮތުން ތަފާތު ވާހަކަތަށް ތަފާތު ގައުމުތަކުގައި ވަނީ ފެތުރިފައެވެ. އެގޮތުން ހުރިހާ ގައުމެއްގަވެސް އެންމެ އާންމުކޮށް އަޑުއިވިފައި އޮންނަނީ ކޮފީއަކީ ބުއިމަށް އެހާ ރަގަޅުއެއްޗެއް ގޮތުގައެއްނޫނެވެ، ހަގީގަތާއި ދިމާ އިދިކޮޅަށް ތުންތުންމަތިން ދެކެވޭ މިވާހަކަތަކުގައި ކޮފީ ބުއިމުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ބުނެއުޅެއެވެ. ހަގީގަތާއި ޚިލާފް މިހުރިހާ ތޯތޯ ވާހަކަތަކަށް ރައްދުދެމުން އެންމެފަހުގެ ދިރާސާތަކުގެ އަލީގައި ސިއްޚީ މާހިރުން ބުނެފައިވަނީ ކޮފީ އަކީ ސިއްހަތަށް ނުހަނު ގިނަގުނަ ފައިދާ ހުރި އެއްޗެއްކަމަށެވެ. އެހެންނަމަވެސް އެބުއިމަށް ވަކިލިމިޓެއް ވަކި އުމުރެއް އޮންނަ ކަމަށެވެ.އަދި ސިއްޚި މާރުންގެ ލަފާހޯދުމަކީވެސް މުހިންމު ކަމެއްކަމަށެވެ.

ކޮފީ ބުއިމާއި ބެހޭގޮތުން އެންމެ ފަހުން ކޮށްފައިވާ ދިރާސާތަކުގައި އެންމެ ބޮޑަށް ބަލާފައިވަނީ އުމުރާއި، ޖިންސު، ބޮޑީ މާސް އިންޑެކްސް (ބީއެމްއައި)، ޖިސްމާނީ ހަރަކާތްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އާދަތަކާއި، ކެންސަރުގެ އާއިލީ ހިސްޓްރީ ފަދަ މުހިންމު ކަންކަމެވެ. މި ވޭރިއެބަލްތައް ދިރާސާގެ ސަބަބުން ކޮފީގެ ސަބަބުން ސިއްހަތަށް ކުރާ އަސަރު ދިރިއުޅުމުގެ ވައްޓަފާޅި އާއި ޖެނެޓިކްސް އަދި ކުރީގެ ސިއްހީ ހާލަތްތަކުން ވަކިކުރެވިދާނެކަމަށްވަނީ ބުނެފައެވެ.

ކޮފީ ބުއިމުން އޭގެން ސިއްހަތަށް ފައިދާ ކުރާނެ ކަމެކެވެ. 2022 ވަނަ އަހަރު އިނގިރޭސިވިލާތުގައި ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮފީ ގިނައިން ބޯ ބޮޑެތި މީހުންނަށް ކުރިއަށް އޮތް ހަތް އަހަރު ތެރޭގައި ކެންސަރު ބަލީގައި މަރުވުމުގެ ފުރުސަތު ކުޑަވާނެ އެވެ.

  • ކޮލޮރެކްޓަލް ކެންސަރު

ކޮލޮރެކްޓަލް ކެންސަރު އެނަލިސިސް އަކީ މިފަދަ ތަފާތު ދިރާސާތަކުގެ ޑޭޓާތައް އެއްކޮށް، ހަދާފައިވާ ސްޓެޓިސްޓިކަލް ސްޓަޑީއެކެވެ. އަދި މިފަހަރު މި ހޯދި ހޯދުންތަކަކީވަރަށްބޮޑަށް ދިރާސާކުރުމަށްފަހު ހޯދިފައިވާ އިތުބާރު ކުރެވޭ ހޯދުންތަކެކެވެ. މިފަހަރުގެ މި އެނަލިސިސްއަކުން ދައްކާ ގޮތުގައި ދުވާލަކު ހަތަރު ތަށި ނުވަތަ އެއަށް ވުރެ ގިނަ ތަށި ކޮފީ ބުއިމުން ކޮލޮރެކްޓަލް ކެންސަރު ޖެހުމުގެ ފުރުސަތު 11-24 ޕަސެންޓަށް ކުޑަކޮށްދޭކަމަށެވެ.

  • ލިވަރ ކެންސަރު އަދި ސިރޯސިސް (ކްރޮނިކް ލިވަރ ޑިޒީޒް ނުވަތަ ލިވަރ ސްކޯރިންގް)

ކޮފީ ބުއިމާއި ގުޅޭ އިތުރު ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު އެއް ތަށި ނުވަތަ ދެ ތަށި ކޮފީ ބޯ މީހުންނަށް އެންމެ އާންމު ވައްތަރުގެ ލިވަރ ކެންސަރު ޖެހުމުގެ ފުރުސަތު ކޮފީ ނުބޯ މީހުންނަށް ވުރެ ކުޑައެވެ. ދުވާލަކު ތިން ތަށި ނުވަތަ ހަތަރު ތަށި ކޮފީ ބޯ މީހުންނަށް މި ލިވަރ ކެންސަރު ޖެހުމުގެ ފުރުސަތު ދެބައިކުޅަ އެއްބަޔަށް ވުރެ ކުޑައިރު، ދުވާލަކު ފަސް ތަށި ނުވަތަ އެއަށް ވުރެ ގިނަ ތަށި ބޯ މީހުންނަށް މި ކެންސަރު ޖެހުމުގެ ފުރުސަތު ކުޑައެވެ.

ޖަޕާނުގައި ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު މަދުވެގެން ފަސް ތަށި ކޮފީ ބޯ މީހުންނަށް މި ލިވަރ ކެންސަރު ޖެހުމުގެ ފުރުސަތު 76 ޕަސެންޓް ކުޑައެވެ.

120،000 އެމެރިކާ މީހުން ބައިވެރިކޮށްގެން 8 އަހަރުވަންދެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު އެއް ތަށި ކޮފީ ބުއިމަކީ ސިރޯސިސް ޖެހުމުގެ ފުރުސަތު 22 ޕަސެންޓް ދަށްކޮށްދޭ ކަމެކެވެ.

ނޯވޭގައި 51،000 މީހުން ބައިވެރިކޮށްގެން 17 އަހަރު ވަންދެން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުވާލަކު ދެ ތަށި ނުވަތަ އެއަށް ވުރެ ގިނަ ތަށި ކޮފީ ބޯ މީހުންނަށް ކޮފީ ނުބޯ މީހުންނަށް ވުރެ ސިރޯސިސް ޖެހުމުގެ ފުރުސަތު 40 ޕަސެންޓް ކުޑައެވެ.

  • ހަމުގެ ކެންސަރު

މީގެ އިތުރުން ދިރާސާގައި ބައިވެރިވި މީހުންގެ ތަހްލީލުތަކުން އެނގުނު ގޮތުގައި މަހަކު ތިން ތަށި ކެފެއިން އެކުލެވޭ ކޮފީ ބޯ ފިރިހެނުންނާއި އަންހެނުންނަށް މަހަކު އެއް ތަށި ކެފެއިން އެކުލެވޭ ކޮފީ ބޯ މީހުންނަށް ވުރެ ބޭސަލް ސެލް ކާސިނޯމާ ޖެހުމުގެ ފުރުސަތު 17 ޕަސެންޓް ކުޑަ އެވެ.

ބޭސަލް ސެލް ކާސިނޯމާ އަކީ ހަމުގެ ކެންސަރުގެ އެންމެ އާންމު އަދި އެންމެ ނުރައްކާތެރި ބާވަތެވެ. ޑީކެފެއިންނޭޓެޑް ކޮފީ ބުއިމުން ބޭސަލް ސެލް ކާސިނޯމާއަށް އެއްވެސް އަސަރެއް ނުކުރެ އެވެ. 2014 ވަނަ އަހަރު ނެޝަނަލް ކެންސާ އިންސްޓިޓިއުޓްގެ ޖާނަލްގައި ޝާއިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ކޮފީ ގިނައިން ބުއިމަކީ 10 އަހަރު ދުވަހުގެ ތެރޭގައި މެލިގްނަންޓް މެލަނޯމާ ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ކަމެކެވެ.

މެލިގްނަންޓް މެލަނޯމާ އަކީ ހަމުގެ ކެންސަރުގެ އެންމެ ނުރައްކާތެރި ވައްތަރެވެ. މި ދިރާސާގައި 50-71 އަހަރާ ދެމެދުގެ 450،000 ދޮން ނަސްލުގެ ބައިވެރިން ބައިވެރިވި އެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނި ގޮތުގައި ދުވާލަކު ހަތަރު ތަށި ނުވަތަ އެއަށް ވުރެ ގިނަ ތަށި ކޮފީ ބުއިމަކީ މެލިގްނަންޓް މެލަނޯމާ ޖެހުމުގެ ފުރުސަތު 20 ޕަސެންޓް ދަށްކޮށްދޭ ކަމެކެވެ.

 

2 Comments

  • Hasun Rippu އޮކްޓޯބަރ 12, 2025

    Hussen Imad

    • Hussen Imad އޮކްޓޯބަރ 12, 2025

      Hasun Rippu Doc buni nuboashey 🥲

Leave a Reply