ވަގަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި، ކަސްޓަމްސްގެ ކުރީގެ ސީނިއާ ސުޕްރިންޓެންޑެންޓް އަދި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު މިހާރު އަދާކުރަމުންގެންދާ މުއާޒް އަލީ އިތުރު ދިހަ ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
މުއާޒް ހައްޔަރުކޮށް މިމަހުގެ 16 ވަނަ ދުވަހު އޭނާ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފުރަތަމަ ޖަހާފައިވަނީ ފަސް ދުވަހުގެ މުއްދަތެކެވެ. އެއީ އޭނާ ވަކީލެއް ހަމަޖެހުމުގެ ފުރުސަތަށް އެދުމުންނެވެ.
ފުލުހުން މިއަދު ބުނީ، މ. ނިއު ހެޕިނަސް، މުއާޒް އަލީ (48އ)ގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުން އިތުރު ދިހަ ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
މުއާޒްގެ މައްޗަށް ފުލުހުން ތުހުމަތުކުރަނީ އަމަލީގޮތުން ބައިވެރިވެ، އެކަން ރާވައި ހިންގި ކަމުގެ ތުހުމަތެވެ. އޭގެ އިތުރުން އެ މައްސަލައިގައި ހައްޔަރުކުރި އެންމެންގެ މައްޗަށް ވެސް ވައްކަމުގެ ތުހުމަތުކުރެއެވެ.
މުއާޒާއެކު އެ މައްސަލައިގައި ފުލުހުން ވަނީ އިތުރު ތިން މީހަކު ވެސް ހައްޔަރުކޮށްފައެވެ. އެއީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯގެ ވެރިޔާ ދިގަލި މުހައްމަދު ވަހީދު އަދި ކަސްޓަމްސްގެ އިސް މުވައްޒަފެއް ކަމަށްވާ ޒިވާރް އިސްމާއީލެވެ. އެ އެންމެން ވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.
އެ މައްސަލައިގައި މިފްކޯއިން ވަނީ، އެ ކުންފުނީގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރަމުންދާ މުއާޒް ވަޒީފާއިން ސަސްޕެންޑުކޮށްފައެވެ. އޭގެ އިތުރުން ކަސްޓަމްސް އާއި އެމްޕީއެލުން ވެސް ވަނީ މުވައްޒަފުންތަކެއް ސަސްޕެންޑުކޮށްފައެވެ.




ގުޅުންހުރި
އޮޕަރޭޝަން އަލިމަގު: އައްޑޫން ހައްޔަރުކުރި މީހުންގެ އަދަދު 10 އަށް
މަރުވެފައި އޮއްވައި ފެނުނު ބިދޭސީ މީހާގެ ހަށިގަނޑު ފަޅާލައި 78 ބުލެޓުގެ
އިހުސާން، ޔާމީނަށް: ”ސިޓިންރޫމް ފްރަންޓް އޮފީސް“ގައި ފުލުހުންގެ ވާހަކަ ދެއްކޭކަށް ނޯންނާނެ!
އައްޑޫ ޑްރަގު ނެޓްވޯކުން ހައްޔަރުކުރި ބޮޑުންގެ ވަނަވަރު ހާމަކޮށްފި، ނަދީމް ހިމެނޭ
ވީދާލީ އޮޅުވާލައިގެން ބިން ހަވާލުކުރި ލިޔުމެއް، އެއީ އާޒިމްއާ ބެހޭ ކަމެއް
ކައުންސިލަރު ނަހުލާ، އެގްރިމަންޓު ލިޔުންތަކެއް ވީދާލި މައްސަލަ ފުލުހަށް ހުށަހަޅައިފި