ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލި މީހަކު 10 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެ މައްސަލައިގައި ޖަލަށްލާފައިވަނީ އީމާން އިބްރާހިމް ރަފީއު ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ”ކުޑަކުދީންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގަނޫނު“ގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އީމާންގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ، މައްސަލައިގެ ރިޕޯޓް ކުރިމިނަލް ކޯޓުން އާންމެއް ނުކުރެ އެވެ.



