އައްޑޫ ސިޓީގެ ގެއެއްގެ ތެރޭ ދެ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ހިތަދޫ ގެއެއްގައި ދެ މީހަކު މަރުވެފައި އޮޔް މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އައްޑޫގައި މަރުވެފައިވަނީ އަންހެނަކާއި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.



