އައްޑޫ ސިޓީގެ ގެއެއްގެ ތެރޭ މަރުވެފައި އޮއްވައި މިއަދު ފެނިފައިވަނީ ދެމަފިރިންކަން އެނގިއްޖެ އެވެ.
ފުލުހުންގެ މީގެ ކުރިން ބުނީ، އައްޑޫ ހިތަދޫ ގެއެއްގައި ދެ މީހަކު މަރުވެފައި އޮތް މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އޭގެ ތަފުސީލު ދެމުން ފުލުހުން ދެންމެ ބުނީ، މަރުވެފައި އޮއްވައި ފެނިފައިވަނީ ސ. ހިތަދޫ/ ކުރޭންގެ، އިބްރާހިމް އަބްދުﷲ (60އ) އާއި ސ. މަރަދޫ/ ނާރެސް، ފަރަހްނާޒު ރަޝީދު (52އ) އެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް މަރުވީ ގުދުރަތީ މަރަކުން ކަމެއް ކަށަވަރެއް ނުކޮށްދެ އެވެ.


