އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރަން ނަގާ ފެންނަ ނުފެންނަ ވޯޓުގެ ވޯޓުލުން ފަށައިފި އެވެ.
އައްޑޫގެ ތިން ރަށެއްގައި އޮންނަ މި ވޯޓަކީ، އެ ރަށްރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ. މި ވޯޓު އޮންނަނީ ފޭދޫގެ އިތުރުން އެ އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އަދި މީދޫގަ އެވެ.
އިންތިހާބުގައި ވޯޓުލުން ކުރިއަށް ގެންދަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުން އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު 9،721 މީހަކަށް ލިބިގެންވެ އެވެ. އެގޮތުން:
-
ހުޅުދޫގައި ބަހައްޓާ ތިން ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 1،242 މީހުންނަށް
-
މީދޫގައި ބަހައްޓާ ތިން ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 1،618 މީހުންނަށް
-
ފޭދޫގައި ބަހައްޓާ ފަސް ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 2،835 މީހުންނަށް
-
މާލޭގައި ބަހައްޓާ ހަތް ފޮއްޓަށް ވޯޓު ލުމުގެ ހައްގު ލިބެނީ 3،881 މީހުންނަށް




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް އީސީން
އަލަ ގޯންޏެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
ކައުންސިލުތަކާއި ޑަބްލިޔުޑީސީ އިންތިހާބުގައި ވާދަކުރަން 1700 އަށްވުރެ ގިނަ ފޯމު
ލޯކަލް ކައުންސިލު އިންތިހާބަށް އީސީން ޓިކްޓޮކް މުބާރާތެއް
ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި