އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރަން ނަގާ ފެންނަ ނުފެންނަ ވޯޓުގައި މިހާތަނަށް ވޯޓުލާން ނުކުތީ އެންމެ 21 ޕަސެންޓް މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ
އައްޑޫގެ ތިން ރަށް ކަމަށްވާ، ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ މެދުގައި މިއަދު ނަގާ ވޯޓަކީ، އެ ރަށްރަށުގައި ވަކި ރަށު ކައުންސިލެއް ހެދުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓެކެވެ.
ވޯޓުލުން މިއަދު ހެނދުނު ނުވައެއް ޖެހީއްސުރެ ކުރިއަށްދާއިރު، އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މެންދުރު 1 އާ ހަމައަށް ވޯޓުލީ 2،097 މީހުންނެވެ. އެއީ 21.9 ޕަސެންޓް މީހުންނެވެ. ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 995 އަންހެނުންނާއި 1،102 ފިރިހެނުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުން އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރަން ފެނޭތޯ ނަގާ ފެންނަ ނުފެންނަ ވޯޓުގައި ވޯޓުލުމުގެ ހައްގު 9،576 މީހަކަށް ލިބިގެންވެ އެވެ. އެހެންކަމުން ޖުމުލަ ވޯޓުނުލާ އަދި 7،479 މީހުން އެބަ ތިއްބެވެ.




ގުޅުންހުރި
އައްޑޫ ސިޓީ އާއި ހުޅުދޫ އަދި މީދޫގެ އިހްތިސާސަށް ބަދަލު ގެނެސްފި
ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް އީސީން
އަލަ ގޯންޏެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ
ކައުންސިލުތަކާއި ޑަބްލިޔުޑީސީ އިންތިހާބުގައި ވާދަކުރަން 1700 އަށްވުރެ ގިނަ ފޯމު
ލޯކަލް ކައުންސިލު އިންތިހާބަށް އީސީން ޓިކްޓޮކް މުބާރާތެއް
ކައުންސިލު އިންތިހާބަށް ކުރިމަތިލާން ހުޅުވާލައިފި